މައުމޫން ސަރުކާރުގައި ހިނގާދިޔަ އަނިޔާތަކަށް ފާރިސް މައާފަށް އެދިވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަޔަކަށް އަނިޔާތަކެއް ލިބުނު ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ދަރިކަލުން އަދި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފި އެވެ.ޓުވިޓާ މެދުވެރިކޮށް މިރޭ އާންމު ކުރެއްވި ވީޑިއޯއެއްގައި ފާރިސް ވިދާޅުވީ އޭރު ލިބުނު ހިތާމަތަކުގައި އަދިވެސް ބަޔަކު ދެމިތިބިކަން ގަބޫލުކުރައްވާ ކަމަށެވެ."ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި އަދި ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއް، އަޅުގަނޑު ގަބޫލުކުރާ ކަމެއް،""އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމިތިބި ކަމީ އަޅުގަނޑު ގަބޫލުކުރާ ކަމެއް. އެއީ އަޅުގަނޑު ދޮގުކުރާ ކަމެއް ނޫން. އަޅުގަނޑު މިކަމަށްޓަކައި ތިޔަބޭފުޅުން އަރިހުން ނިހާޔަތަށް މައާފަށް އެދެން،" ފާރިސް ވިދާޅުވިއެވެ.ފާރިސް ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރެއްގައި މިފަދަ އެއްވެސް ކަމެއް "އެންމެ ކުޑަމިނަކަށްވެސް، މިންވަރަކަށްވެސް" ނުހިނގާކަން ކަށަވަރުކުރުމަކީ އަމިއްލަ ޒިންމާއެއް ކަމަށް ހައްދަވާނެ ކަމަށެވެ،"އަޅުގަނޑުގެ އަޒުމަކީ، އަޅުގަނޑުގެ ވެރިކަމެއްގައި މި ހުރިހާ ފަރާތްތަކަށް ފުރިހަމަ ތަސައްލީއެއް ހޯދައިދިނުން،" ފާރިސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ