ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވައިގެން ގިނަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން ބުނީ، މިއަދު ފެށި ޕްރޮމޯޝަންގެ ދަށުން ބޮޑު އިނާމެއްގެ ގޮތުގައި، ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 15،000ރ.ގެ ގިފްޓް ކާޑު ލިބޭނެ ކަމަށެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ނުވަ ފަރާތެއް ގުރުއަތުން ހޮވަން ނިންމާފައިވެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން:
500 ޑޮލަރުން ދަށުގެ މުއާމަލާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 750ރ.ގެ ގިފްޓް ކާޑެއް ލިބޭނެ
501 އާއި 1،000 ޑޮލަރާ ދެމެދުގެ މުއާމަލާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 2،000ރ.ގެ ގިފްޓް ކާޑެއް ލިބޭނެ
1،000 ޑޮލަރުން މަތީގެ މުއާމަލާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 3،500ރ.ގެ ގިފްޓް ކާޑެއް ލިބޭނެ
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ފެށިގެން އަންނަ 18 ޑިސެމްބަރުގެ ނިޔަލަށެވެ.
ބީއެމްއެލް މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވައިގެން އަގުހުރި އިނާމުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ