މި ރާއްޖޭގެ ތާރީހު ނުދެކޭ ފަދަ ނިކަމެތި ވެރިކަމެއް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނެސްފިނަމަ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެެ.
އިލްހާމް ޖުމުހޫރީ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީ އަށް ސޮއިކުރުމަށް ރޭ ބޭއްވި ހުވަދޫ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައްޔިތުންނަށް ހެދޭ "މިސްޓޭކަކުން" ޑރ.މުއިއްޒު ވެރިކަަމަށް ގެނެސްފިނަމަ ދިވެހި ތާރިހު ނުދެކޭފަދަ ނިކަމެތި ވެރިކަމެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
އަދި މުޢިއްޒު އަށް ވެރިކަން ލިބި ކުރީގެ ރައީސް ޔާމިން މިނިވަންކޮށް ގެއަށް ބަދަލުކޮށް ދެން ވާނެ ގޮތަކާއި މެދު ވިސްނާލުމަށް އިލްހާމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
"ކީއްވެތޯ އެހެން ވާން ޖެހެނީ. ބޮސް ގެއަށް ވަޑައިގަންނަވާނެ ނޫންތޯ؟ އޭގެ ފަހުން ދެން ކަންތައް ހިނގާނެ ގޮތް ވިސްނާލާ. އެންމެ ނިކަމެތި ވެރިކަން ފެނިގެންދާނީ."
އިލްހާމް ވަނީ މީގެ ކުރިން ޕީޕީއެމްގެ ނައިބު ރައީސް ކަންވެސް ކޮށްފައެވެ. އޭނާ ވިދާޅުވީ ދެ ވަނަ ބުރުގައި ޕީޕިއެމާއި ގުޅުމުގެ ދައުވަތު އޭނާއަށް ލިބިވަޑައިގެންނެވި ކަމަށާއި އެ ދަޢުވަތު ގަބޫލުފުޅު ނުކުރެއްވީ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ ކޯލޮޝަންގެ ދަޢުވަތު ގަބޫލުފު ނުކުރެއްވި ސަބަބަކީ އެ ކޯލިޝަންގެ ވެރިކަމެއް އައިސްފިނަމަ ކުރިމަގު ފެންނަލެއް ބިރުވެރިވެފައި ނާމާން ކަމުން ކަމަށް އިލްހާމް ވިދާޅުވިއެވެ.
މީގެ އިތުރުން އިލްހާމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް އަލުން އައިސްފިނަމަ ހިފައި ހައްޔަރުކުރަން ޖެހޭ މީހުންނާއި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ވެސް މަޖިލީހުން ޖާގަ ނުދީ ކަޓުވާލާނެ މެމްބަރުންގެ ލިސްޓެއް މިހާރުވެސް ހަދާފައިވާކަމަށެވެ.
އެހެން ކަމުން ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއަށް އަލުން އެނބުރި ދާން ބޭނުން ނުވާ ކަމަށް އިލްހާމް ވިދާޅުވިއެވެ.
މުޢިއްޒުގެ ވެރިކަމެއްގައި ފެނިގެންދާނީ ތާރީޚު ނުދެކޭ ފަދަ ބިރުވެރިކަމެއް: އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ