ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމަށް ވޯޓު ދެއްވުމަށް ވިލުފުށީ ދާއިރާގެ ރައްޔިތުންގެ ކިބައިން، އެ ދާއިރާގެ ކުރީގެ މެމްބަރ ރިޔާޒް ރަޝީދު އާދޭހާއި އެކު ދަންނަވައިފިއެވެ.
ޤާސިމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި ރޭ މާމިގިލީގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ، ލިބުނު ހުރިހާ ފައިސާއެއްވެސް ޚަރަދުކޮށްފައިވާނީ ވިލުފުށީ ދާއިރާގެ ތަރައްޤީއަށް ކަމަށެވެ.
ޤާސިމް އިބްރާހިމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި މާމިގިލީގައި ބޭއްވި ބޮޑު ޖަލްސާގެ ތެރެއިން
އަޅުގަނޑަށް ވުރެ ބޮޑު ޚިދުމަތެއް. އަޅުގަނޑު ބައްޕައަށް ވުރެ ބޮޑު ޚިދުމަތެއް އެ ދާއިރާއަށް އެ ރަށަށް ކޮށްދިން އިންސާނަކު މި ދުނިޔެ މަތީގައި ނުހުންނާނެ. އަޅުގަނޑު ބައްޕަ އަކީ 40 އަހަރު ވަންދެން ވެރިކަން ކުރި މީހެއް. އަޅުގަނޑު ބައްޕަ އަކީ ވިލުފުށީ ރަޝީދު ކަތީބު. އަޅުގަނޑުގެ ދާއިރާއަށް ވުރެ ބޮޑަށް ތަރައްޤީވެފައިވާ ދާއިރާއެއް ދިވެހިރާއްޖޭގައި ނޯންނާނެ. އެ މަސައްކަތް ކުރި މީހާ މީ. ރިޔާޒް ވިދާޅުވިއެވެ.
ރޭގެ ޖަލްސާފައި ރިޔާޒް ވަނީ ވަރަށް އުފާވެރި ޚަބަރެއްވެސް ދެއްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި، ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އައިސް ގަލޮޅު ދަނޑުގައި ފުޓުބޯޅަ ކުޅޭނެ ކަމަށް ޖޭޕީގެ ލީޑަރ ޤާޞިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ ރިޔާޒް ރަޝީދު ވިދާޅުވިތާ މާ ގިނަ ދުވަސްތަކެއް ނުވެ، މެސީ ރާއްޖެ އައެވެ. މެސީގެ އެ ދަތުރަކީ ޤާސިމްގެ ކެމްޕެއިނާ ގުޅިގެން މެސީ ކުރި ޒިޔާރަތެއްތޯ ގިނަ ބަޔަކު އޭރު ސުވާލުވެސް އުފެއްދިއެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކްސް ސްޓޭޑިއަމެއް އަޅުއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާޞިމް އިބްރާޙިމް ވަނީ ވިދާޅުވެފައެވެ.
ވިލުފުށި ދާއިރާގެ ރައްޔިތުންނަށް ރިޔާޒްގެ އާދޭސް: "އެ ލޯބި ލޯބި ދެ ދަރިން އެދޭ ކަންތައް މިފަހަރު ކޮށްލަދީ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ