އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި ކެންސަރ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ- މިނިސްޓަރ ގެއިން ނުކުތްފަހުން ޚަބަރެއް ނުވެގެން މާލެއިން ޒުވާނަކު ހޯދަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތ

އެމްޑީޕީން “ރަންރީނދޫ”ގެ ނަމުގައި ހުޅުމާލޭގައި ކުރިއަށް ގެންދަން ނިންމި ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަށް ބުނެ އެ ހަރަކާތް ހުޅުމާލޭގައި ބާއްވަން އެޗްޑީސީން ހުއްދަދިނުމަށް އިންކާރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ހުކުރު ދުވަހު “ރަންރީނދޫ”ގެ ނަމުގައި ހިނގުމާއި ދުވުމުގެ ހަރަކާތެއް ބޭއްވުމަށް އެޗްޑީސީގެ ހުއްދައަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް، އެއީ ސިޔާސީ ހަރަކާތެއް ކަމަށް ބުނެ އެޗްޑީސީން ހުއްދަދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައި ކުރިއަށް ގެންދާ ރަންރީނދޫ ހަރަކާތަކީ މުޅި ރާއްޖޭގައި ބާއްވާ ހަރަކާތެއް ކަމަށާއި، މިމަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00ން 6:00ށް ސެންޓަރަލް ޕާކު ވަށައި އޮންނަ މަގުގައި ދުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ މި ހަރަކާތް ބޭއްވުމަށް ހުއްދަ ދީފައިވަނީ ހުޅުމާލޭ ފޭސް-2 ގައި އޮންނަ ރުށްގަނޑު ސަރަހައްދުގައި ކަމަށެވެ.
އެމްޑީޕީން ބުނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވަން އުޅުނު “ރަންރީނދޫ” ދުވުން ބޭއްވުމަށް ސަރުކާރުން ހުއްދަ ނުދިނުމުން ޖުލައި 25 ވާ ހުކުރު ދުވަހު މާލޭގައި މި ހަރަކާތް ބާއްވަން އެ ޕާޓީން ނިންމައިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ