ނިއުކާސަލް އިން އެކިޓީކޭ ގަތުމުގެ މަސައްކަތް ވަރުގަދަކުރަނީ ނިއުކާސަލް އިން އެކިޓީކޭ ގަތުމުގެ މަސައްކަތް ވަރުގަދަކުރަނީ

ނިއުކާސަލް (ޖުލައި 15) - ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް އަށް ކުޅެމުން އަންނަ ފްރާމްސްގެ ފޯވާޑް، ހޫގޯ އެކިޓީކޭ ގަތުމަށް ނިއުކާސަލް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތް ވަރުގަދަކުރަން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ގިނަ ކްލަބްތަކަކުން ގެންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ އެކިޓީކޭ، 23، ހޯދަން ނިއުކާސަލުން ބޮޑަށް މަސައްކަތް ކުރަމުން އަންނަ ސަބަބަކީ، އެ ކްލަބަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް، އަލެކްސަންޑަ އިސާކްގެ މުސްތަގުބަލާ ގުޅޭގޮތުން ހުރިހާ ކަމެއް ނުނިމި އޮތުމުންނެވެ.
އައިންޓްރަކްޓް ފްރޭންކްފާޓުން މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގެ ތިން ވަނައިގައި ނިންމިިއިރު، އެކިޓީކޭ ވަނީ 15 ގޯލު ޖަހައި، އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ނިއުކާސަލުން މިހާތަނަށް އެންމެ އަގުބޮޑުކޮށް ގަތް ކުުޅުންތެރިއަކީ، 70 މިލިއަން ޑޮލަރަށް ރެއާލް ސޮސިއެޑާޑުން ހަތް އިސާކް އެވެ. އެކަމަކު، އެކިޓީކޭގެ ސޮއި ހޯދާނަަމަ، ނިއުކާސަލުން 100 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕީއެސްޖީގެ ލޯން އެއްބަސްވުމެއްގެ ދަށުން ފުރަތަމަ ފްރޭންކްފާޓަށް ބަދަލުވި އެކިޓީކޭ އެ ކްލަބާ އެކު، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރީ މިދިޔަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ