އާރުޑީސީން ފަރެސްމާތޮޑާގައި ކުރިއަށްގެންދާ މަޝްރޫޢު ތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޝްރަފް ރަޝީދާއި އެރަށު ކައުންސިލުގެ މެންބަރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ފަރެސްމާތޮޑާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގުޅޭގޮތުން ދެފަރާތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި ހަމައެހެންމެ ދެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.
އާރު.ޑީ.ސީއާ ހަވާލުކޮށްގެން ތަފާތު 3 މަޝްރޫއުއެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ އެރަށު ފުލުހުންގެ އިމާރާތާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތުގެ އިތުރުން ފިޓްނަސް އެންޑް ރީކްރިއޭޝަން ސެންޓަރުގެ މަސައްކަތެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި އާރު.ޑީ.ސީ އިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތު މަޝްރޫއުތައް ހިންގަމުންނެވެ. އަދި އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކުންފުނިން އަންނަނީ ރަށްރަށުގައި މަސައްކަތްތަށް ކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ