އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެދިގެން މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މާލިއްޔަތު ކޮމިޓީގައި މިހާރު ކުރިއަށްދާ ބައްދަލުވުން ބޭއްވީ އެ ކޮމިޝަނުގެ މަސައްކަތްތައް ނިންމުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ބޭނުންވެގެން އޭސީސީން އެދިގެންނެވެ.
ތަފްސީލް - މިއަދު 10 ޖަހާއިރު އެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށި ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އެ ބައްދަލުވުމުގައި އޮންނާނީ އޭސީސީން ބޭނުންވާ ބައެއް މައުލޫމާތުތައް ހިއްސާކުރުން ކަމަށެވެ.
އޭސީސީގެ ބޭފުޅުން ކޮމިޓީއަށް ވެއްދުމަށް ފަހު، އެ ކޮމިޓީ ސިއްރުކުރަން ސަލީމް ވޯޓަކަށް އެއްސެވި އެވެ. ނަމަވެސް ކޮމިޓީ ސިއްރުކުރާ ސަބަބެއް ވިދާޅެއް ނުވެ އެވެ.
ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެވެ. އެކަމަށް ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އައިފާން ތާއީދުކުރެއްވުމުން، ކޮމިޓީ ސިއްރުކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އޭސީސީގެ ބައްދަލުވުން މާލިއްޔަތު ކޮމިޓީން ސިއްރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ