އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކޮށްގެން އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތު

އުރީދޫގެ މޯބައިލް އެޕްލިކެޝަން މެދުވެރިކޮށް ރީޗާޖްކޮށްގެން އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ މޯބައިލް އެޕް މެދުވެރިކޮށް ރީޗާޖްކޮށްލައިގެން ކޮންމެ ހަފްތާއަކު އަގުހުރި އެތައް އިނާމްތަކެއް ހޯދޭނޭކަމަށެވެ. އެގޮތުން 50 ރުފިޔާއިން މަތީގެ އަދަދަކުން ރީޗާޖްކޮށްގެން ނުވަތަ އެޑްއޮން އެއް ނަގައިގެން ކަނޑައެޅިފައިވާ އިނާމްތައް ހޯދުމުގެ ގުރުސަތު ލިބިގެންދާނެކަމަށެވެ.
ކޮންމެ ހަފްތާއަކަށް ކަނޑައެޅިފައިވާ އިނާމްތަކުގެ ތެރޭގައި ސްމާޓް ވޮޗް، ޖޭބީއެލް ޕޯޓަބަލް ސްޕޯކަރުގެ އިތުރުން އިއާޕޮދްގެ އިތުރުންވެސް ތަފާތު އިނާމްތައް ހިމެނެއެވެ. ކޮންމެ ހަފްތާއަކު ލިބޭ އިނާމްތަކުގެ އިތުރުން އުރީދޫއިން ވަނީ މި ޕްރޮމޯޝަނުގެ ގްރޭންޑް ޕްރައިޒް އިނާމެއްގެ ގޮތުގައި ސެމްސަން އެސް 25 އަލްޓްރާ ފޯނެއް ދިނުމަށް ނިންމާފައެވެ. 
މި ޕްރޮމޯޝަނުގެ ދަށުން އުރީދޫ އެޕްލިކެޗަން މެދުވެރިކޮށް 50 ހުން މަތީގެ އަދަދަުތަކުންރީޗާޖްކުރި ވަރަކަށް އިނާމް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. 
އުރީދޫއިން ވަނީ މީގެ ކުރިންވެސް އެކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށް އަގުހުރި އިނާމްތައް ލިބޭ ޕްރޮމޯޝަންތައް ކުރިއަށްގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ