އެކްސިޑެންޓްގައި އަނިޔާވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުގައި
މާލޭގައި ރޭ، ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާގެ ސިކުނޑިއަށް ލޭ އެޅި އެ ނޫން ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން އެނގިއްޖެއެވެ.މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ރޭ އެކްސިޑެންޓެއް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ އިތުރުން އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ. އޭގެ ތެރެއިން މަރުވީ ސައިކަލު ދުއްވަން އިން 17 އަހަރުގެ ފިރިހެން ކުއްޖާ އެވެ. އަނިޔާވީ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ އާއި ދުވަމުން މަގު ހުރަސްކުރަން ދިޔަ 40 އަހަރުގެ މީހާ އެވެ.އެކްސިޑެންޓުގައި ޒަހަމްވި މީހާ އާއި ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލަކުން ނުދީ އެތަނުން ބުނީ 40 އަހަރުގެ މީހާގެ ހާލު ސީރިއަސްކަމުން ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށާއި 16 އަހަރުގެ ކުއްޖާއަށް އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި 17 އަހަރުގެ ކުއްޖަކީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުރު ޔޫސުފް އަލްސަން އެވެ. މިފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވެއެވެ. އޭގެ ތެރޭގައި ކަފިހި ހުރަސް މަތިން މީހުން ހިނގައިފައި ދަނިކޮށް، އުޅަނދުތަކުން ޖެހި އަނިޔާވާ މައްސަލަތައް ވެސް ގިނައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ