ގާނޫނު އަސާސީއާ އެއްގޮތަށް ރާއްޖޭގައި ވެރިކަން ކުރެވޭނެ ހަމައެކަނި ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ކަމަށް ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
"ހާސްކަނޑާލާ. ހަމަޖެހޭނެ" މިޝިޢާރުގެ ދަށުން ޖުމްހޫރީ ޕާޓީން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން މިރޭ ސަލްޓަން ޕާކުގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ ޕޯޑިއަމްތަކުން ފެންނަން ކޮންމެ ފަހަރަކު ސިޔާސީ ގިނަ ބޭފުޅުންގެ ހިތްތަކަށް އަސަރުކުރުވާނެ ކަމަށެވެ.
ގައުމުގެ ހާލަތު މިވަގުތު ބަދަލު ކުރެވޭނެ ހަމައެކަނި ލިޑަރަކީ ގާސިމް އިބްރާހީމްކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް މަސައްކަތް ކުރައްވަނީ ބާރެއް ލިބުމުން އަދި އިތުރަށް ބާރު ހޯދުމުގެ މަސައްކަތް ކަމަށެވެ.
ގާނޫނު އަސާސީއާ އެއްގޮތަށް ރާއްޖޭގައި ވެރިކަން ގާސިމް ކުރައްވާނެ ކަމަށާއި ވަކިވެފައިވާ ތިން ބާރާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް އެމަނިކުފާނު ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
މި ޖަލްސާގައި ޒުވާނުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ޒުވާނުންނަށް އެންމެ ފަހި ފުރުސަތެއް ލިބިގެންދާނީ ޖުމްހޫރީ ޕާޓީން ކަމަށާއި ޕާޓީއާ ގުޅިވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ދައުރެއް އަދާކުރެވޭނެ ކަމުގެ ޔަގީންކަން ލިބޭނެ ކަމަށެވެ.
ރިޔާޒް މިފަދައިން ވިދާޅުވިއިރު ރާއްޖޭގައި ބައިނަލް އަޤްވާމީ މުބާރާތްތައް ބޭއްވޭ ވަރަށް އިންފްރާސްޓަކްޗަރ ޤާއިމްކޮށް ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމެއް އަޅާނެ ކަމަށް ގާސިމް ވަނީ ވައުދުވެވަޑައިގެންފައެވެ.
އަދި ބައިނަލް އަޤްވާމީ މިންގަނޑުގެ މޯޝަން ޕިކްޗަރަސް ސްޓޫޑިއޯ އައިލަންޑެއް ރާއްޖޭގެ ރަށެއްގައި ތަރައްޤީކޮށް، ދިވެހި ޒުވާނުންނަށް އެމީހުންގެ ހުނަރުން އާމްދަނީ ލިބޭނޭ މަގު ފަހި ކުރާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކުރެވޭނީ ގާސިމް އިބްރާހީމަށް: ރިޔާޒް ރަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ