ޑިމޮކްރަސީގެ ކޯޓު، ރާއްޖެއާ ގުޅޭ ގޮތަށް ހެޔޮވަރު ކުުރުމަށް ޤާނޫނުތަކަށް ކުދިކުދި ބަދަލުތަކެއް ގެންނަން އެބަ ޖެހޭ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާރސް ޢުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް މަޖިލީސް އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ތާޖުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓަރ ޢުމަރު ވިދާޅުވީ އެކިިއެކި މިހާރު ޤާނޫނުތައް ހުރި ގޮތުން ޝަރުޢީ ނިޒާމު ވަނޫ ބަނދެވިފައި ކަމަށެވެ.
"މަސްތުވާ އެއްޗެއް ބޭނުން ކުރާ މިހާކު ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރު ކުރުމަށް ފަހުގައި، ޔޫރިން ނެގުމަށް ފަހުގައި އޭނާއަށް ހުކުމެއް އައުމަށް ދެ އަހަރު ހޭދަވޭ. މިއީ އެއްގޮތަކަށް ވެސް ޤަބޫލު ކުރެވޭ ކަމެއް ނޫން. ޤާނޫނުތަކަށް ބިރުވެތި ކުރެވެން ޖެހޭ." ޢުމަރު ވިދާޅުވި އެވެ.
"އެ ޤާނޫނާ މި ޤާނޫނާ މި ޤަވާއިދާ އެ ޤަވާއިދާ އައިސް ޝަރުޢީ ނިޒާމު އެއްކޮށް ބަނދެލަނީ. ބަނދެވުމުގެ ނަތީޖާއަކަށް ވަނީ ދައުލަތަށް ކުރިޔަށް ހިނގައި ގަތުމަށް ދަތިވުން." ޢުމަރު އިތުރަށް ވިދާޅުވި އެވެ.
ޢުމަރު ވިދާޅުވީ، މި ކަމުގެ ނަތީޖާއަކަށް، ޢާންމު ރައްޔިތުން އެކަމުގެ ތަކުލީފު އުފުލަން ޖެހޭ ކަމަށެވެ. އަދި، މީހަކު ކުރާ ކުށެއް ނުފެނި، އެމީހުން ތިބޭނީ ދޫވެ، "ޓްރެފިކެއް" ގެ ތެރޭގައި ދޫވެފައި ކަމަށެވެ.
އެގޮތުން، ޤާނޫނުތަކާ ޤަވާއިދު ތަކާ އަޅުގަނޑުމެން ޢަމަލުކުރަންވީ އުސޫލުތަކާ މިނިވަން މުއައްސަސާތަކާ ދައުލަތާ، މި ހުރިހާ އެއްޗެއް އޮޅުން ބޮޅުން ވެގެން ދާނެ ކަމަށް ޢުމަރު ވިދާޅުވި އެވެ.
މި ޖަލްސާގައި، ޢުމަރު ވިދާޅުވީ މި "ޓްރެފިކް" އިން ޤައުމު ސަލާމަތް ކުރުމަށް ޓަކައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީސް އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ސަރުކާރު ކޯލިޝަންގެ މެމްބަރުންނަށް ގޮވާލައްވާފަ އެވެ.
މީގެ އިތުރުން، ޢުމަރު ވިދާޅުވީ ސަރުކާރަށް ލިބިފައިވާ މެޖޯރިޓީގެ ފުރިހަމަ ބޭނުން ހިފައި، ތިން ޕާޓީ ގުޅިގެން ރައްޔިތުންނަށް ތަރައްޤީ ޔަޤީން ކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ކުދިކުދި ޚިޔާލު ތަފާތުވުން ހުންނާނެ. ސިޔާސީ މާހައުލުގައި އަބަދުވެސް ޚިޔާލު ތަފާތުވުން ހިނގާނެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ފިކުރަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ޔަޤީންކަން އަރުވާނީ، އަޅުގަނޑުމެން އެންމެން މި ކުރާ މަސައްކަތުގައި މި ޤައުމުގެ ތަރައްޤީ ޤާއިމު ކޮށްދޭނަމޭ." ޢުމަރު ވިދާޅުވި އެވެ.
މި ޖަލްސާގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އެކިއެކި މެމްބަރުން ވަނީ ބައިވެރި ވެފަ އެވެ.
ޑިމޮކްރަސީގެ ކޯޓު ހެޔޮވަރު ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ