ނައިބް ރައީސަކު ކަނޑައަޅުއްވާނީ ރައީސް: މައުމޫން

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަކީ ފުރަތަމަ އިންތިޚާބީ މަޤާމެއް ނަމަވެސް ދައުރުގެ މެދުތެރެއިން އެއްވެސް ސަބަބަކާއިހުރެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމު ހުސްވެއްޖެ ނަމަ އެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރެއްވުމަކީ ޤާނޫނުއަސާސީން މިހާރުވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ހައްޤެއް ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ރތައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ހައިޞިއްޔަތުން އޮމާނަށް ކުރެއްެވެވި ރަސްމީ ދަތުރުފުޅަށްފަހު އެނބުރި ވަޑަިއގެން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުިންވައިގެން ނޫސްވެރިންނަށް މައުލޫތު ދެއްވަމުންނެވެ.
ޕީޕީއެމްގެ ރައީސްގެ ގޮތުގައިވެސް ހުންނެވި ރައީސް މައުމޫން ވިދާޅުވީ މިހައި ފައުޅުކަންބޮޑު ގޮތަކަށް އޮތް ކަމެއްގައި ވަކި ބޭފުޅަކު ނައިބް ރައީސްކަމުގެ މަޤާމަށް ގެންނެވުމަށް ނުވަތަ ނުގެންނެވުމަށް އެމަނިކުފާނު ރައީސް ޢަބްދުﷲ ޔާމީނަށް ދަންނަވާފައި ނުވާނެ ކަަމަށެވެ.
ރައިސް މައުމޫން ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ަކންކަން ކުރައްވަމުން ގެންދަވަނީ ޤާނޫނު އަސާސީއާއިއެއްގޮަތަށް ކަމަށާއި ޤާނޫނު އަސާސީގައި ވަކިގޮތަކަށް ބަޔާންކުރާ ކަމެއް އެހެން ގޮތަކަށް ބަދަލުކުރެއްވުމަށް މަސައްކަތްޕުޅު ނުކުރައްވަވާނެ ކަމަށެވެ.
ރައީސް މައުމޫން، ރައީސް ޔާމީނަށް އެސްއެމްއެސް ކުރައްވައި ރާއްޖޭގެ ނައިބް ރައީސްކަމުގެ މަޤާމަށް އަހްމަދު އަދީބް ނުގެންނެވުމަށް ވިދާޅުވެފައިވާކަމަށް ޕިޕިއެމްގެ ބައެއް މެންބަރުންނާއި ހަވާލާދީ މީޑިއާތަކުގައިވަނީ ޚަބަރުފަތުރައިފައެވެ. ނަމަވެސް ރައީސް މައުމޫން ވަނީ އެކަން ދޮގުކުރައްވާފައެވެ.
ދާދިފަހުން ޕީޕީއެމް އިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން ވަނީ އަދީބްގެ ޚިދުމަތްތެރިކަމާއި ޤާބިލުކަން ފާހަގަކުރައްވައި އަދީބަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައިކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ