ރައީސް ސޯލިހު، އަމިއްލަ ފަރާތަކުން ހުޅުމާލޭގައި ބިނާކުރި “މަސްޖިދުލް މުހައްމަދު” ހުޅުވައިދެއްވައިފި

ހުޅުމާލޭގައި އަލަށް އިމާރާތްކުރި މިސްކިތެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފިއެވެ.
ރައީސް ސޯލިހު، އަމިއްލަ ފަރާތެއްގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރި “މަސްޖިދުލް މުހައްމަދު” ހުޅުވައިދެއްވީ މިއަދުގެ އަސުރު ނަމާދަށް ފަހު އެ މިސްކިތުގެ ބޭރުގައި ބޭއްވި ރަސްމިއްތާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
ހުޅުމާޅޭ ފުރަތަމަ ފިޔަވަހީގައި ބިނާކޮށްފައިވާ އެ މިސްކިތް އިމާރާތްކޮށްފައި ވަނީ ދެ ފަންގިފިލާއަށެވެ. އެ މިސްތިކަތީ 760 ޖާގައިގެ މިސްކިތެކެވެ. އަދި އެ މިސްކިތުގައި އަންހެނުން ނަމާދުކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
އެ މިސްކިތުގެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ މި މަހުގެ 10 ހުޅުމާވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ