ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގަނީ

ކުރިއަށް އޮތް ދެ އަހަރު ދުވަހު، ބޯހިޔާވަހިކަމަށް ހާއްސަކޮށް، ސަރުކާރުން 1.2 ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ އާންމުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.
އެގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ 1.2 މިލިއަން ރުފިޔާގެ މި މަޝްރޫއު ކުރިއަށް ގެންދާނީ ސަރުކާރުގެ ހަރަދުގައި ކަމަށްވެސް، ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭގެ ތެރެއިން، 400 ހައުސިން ޔުނިޓް ވަނީ ކުޅުދުށްފުށްޓަށް ހާއްސަ ކޮށްފައި ކަމަށާއި، ބޭރުގެ ކުންފުންޏަކުން އެ ރަށުގައި 1،000 ހައުސިން ޔުނިޓް އެޅުމުގެ އަގުގެ މަޝްވަރާތައްވެސް ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ.
އޭގެ އިތުރުން، ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް އިތުރުކޮށް، ފައިސާގެ ދަތިކަން ހުރުމުގެ ސަބަބުން މަސައްކަތްތައް ކުރިއަށް ނުގެންދެވިފައިވާ ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި ލުއިލޯން ސްކީމެއް ތައާރަފް ކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ