މި އެވޯޑު ލިބުނީ ސްޓެލްކޯއިން ކަރަންޓް މެނޭޖު ކުރަން އަމިއްލައަށް އުފައްދާފައިވާ “ރީޖަނަލް ސްކާޑާ” ސިސްޓަމް އަށެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ނުވަތަ "މޯލްޑިވްސް އެކްސްޕޯ 2025 " ގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިންތީގެ އެއްވަނަ ކަރަންޓު ކުންފުނި ސްޓެލްކޯއަށް ލިބިއްޖެ އެވެ.
ޔޫތު ސެންޓަރުގައި ރޭ ބޭއްވި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަ ކުރުމުގެ ގިންތިތަކުގެ ވަނަ ހޮވުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯއަށް އެސްއޯއީ ގިންތިން އެއްވަނަ ލިބުނުއިރު، މި އެވޯޑް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެވޯޑާ ހަވާލުވީ ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެވެ.
ސްޓެލްކޯއަށް މި އެވޯޑް ލިބިފައިވަނީ 33 ސަރުކާރު ހިއްސާވާ ކުންފުނި ހިމެނޭ ގިންތިންނެވެ. އެ ކުންފުންޏަށް މި އެވޯޑު ލިބުނީ ސްޓެލްކޯއިން ކަރަންޓް މެނޭޖު ކުރަން އަމިއްލައަށް އުފައްދާފައިވާ “ރީޖަނަލް ސްކާޑާ” ސިސްޓަމް އަށެވެ. ސްކާޑާ އަކީ ސްޓެލްކޯ ކަރަންޓް އުފެއްދުމުގެ ހުރިހާ ކަމެއް މޮނިޓަރުކޮށް ބަލަހައްޓަން ތަރައްގީކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބިގެން ދެ އެވެ.
މޯލްޑިވްސް އެކްސްޕޯގެ ގިންތިތަކުންނާއި ދާއިރާތަކުން ވަނަވަނަ އަށް ދިޔަ 275 ފަރާތްތަކަށް އެވޯޑު ދީފައިވެ އެވެ. މޯލްޑިވްސް އެކްސްޕޯގެ މިފަހަރުގެ މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 3500 އަށްވުރެ ގިނަ އުފެއްދުން ފެނިގެންދާނެ އެވެ. މި މައުރަޒު އޮންނާނީ މި މަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މޯލްޑިވްސް އެކްސްޕޯ | ސަރުކާރު ކުންފުނި ބައިގެ އެއް ވަނަ ސްޓެލްކޯއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ