ރާއްޖޭގެ ފުރަތަމަ މެޑިކަލް އަދި ލޮލުގެ ވެސް ފުރަތަމަ ޑޮކްޓަރު އަބްދުﷲ އަބްދުލްހަކީމް (އެންޑީ އަބްދުﷲ) މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 81 އަހަރުގައި އެންޑީ އަބްދުﷲ އަވަހާރަވީ ކުއްލި ގޮތަކަށް މިއަދު އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އެކަމަކު ފަރުވާ ހޯދަމުން ގެންދެވީ ކޮން އާލާސްކަންފުޅަކަށް ކަމެއް ސާފެއް ނުވެ އެވެ.
ލޮލުގެ ބަލިތަކަށް ފަރުވާ ދެއްވުމުގައި ޚާއްސަ ބޭފުޅެއް ކަމަށްވާ އަބްދުﷲ ސިއްހީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1964 ވަނަ އަހަރު އެވެ. އޭގެ ފަހުން ސިއްހީ ދާއިރާގެ އެކި މަގާމުތައް އަދާކުރައްވަމުން ގޮސް އޭނާ ވަޒީފާ އިން ވަކިވެވަޑައިގަތީ 2007 ވަނަ އަހަރު އެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިިލީހުގެ މެމްބަރުކަން ވެސް އޭނާ ކުރިން ކުރެއްވި އެވެ.
ޑރ. އެންޑީ އަބްދުﷲ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ