ފެމެލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީ އަށް
ފެމެލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ. ޖޭއެސްސީއަށް ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައި ވަނީ މަގާމުގެ ބާރު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިނުމަށް ހުޒައިފާ މަސައްކަތް ކުރައްވާ ކަމަށެވެ. ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅާފައިވާއިރު ޖޭއެސްސީ އިން ދަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ބަލަމުންނެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބުގެ ސުލޫކީ މައްސަލައެއް ބަލައިދިނުމަށް އެދި ޖޭއެސްސީ އަށް މިއަދު ވަނީ ހުށަހަޅައިފައެވެ. މިއަދު ޖޭއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރު މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށެވެ. ހަމައެހެންމެ އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަ ވެސް ހުށަހެޅިފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ