ލ. ގަމު ކަރަންޓުގެ މައްސަލަތައް ހައްލުކުުރުމަށް އަމަލީ މަސައްކަތް ފަށައިފިން: ފެނަކަ

ލ. ގަމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހަލުކުރުމަށް އަަމަލީ މަސައްކަތް ފަށައިފި ކަމަށް ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
އިބްރާހިމް ވަހީދު މިރޭ ސީއެންއެމްއަށް ވިދާޅުވީ ލ. ގަމަމަށް އޭނާ ދުރުވެ، އެރަށުގައި ހުރި މައްސަލަތަކާ މަޝްވަރާ ކުރެއްވިކަމަށެވެ. އެ މަޝްވަރާތަކުގައި ގަމު ފެނަކަ ބްރާންޗުތަކުގެ އިސްވެރިންނާއި، ލ. އަތޮޅުގެ އިންތިހާބީ މެމްބަރު މުހައްމަދު ވިސާމް ވެސް ބައިވެރިވެ ވަޑައިގަތެވެ.
މިގޮތުން ގަމު މަތިމަރަދޫގެ ވޯލްޓޭޖު ޑްރޮޕްވާ މައްސަލަ ހައްލު ކުރުމަށް މިހާރު ވަނީ ކޭބަލް ވަޅުލަން ފަށާފައެވެ.
"އިންޖީނުގެއިން ވޯލްޓޭޖް ޑްރޮޕްވާ ސަރަހައްދަށް ފަލަ ކޭބަލަ ވަޅުލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ. ކޭބަލް ވާނީ މިދިޔަ ހަފްތާ ތެތޭގަ ފޮނުވިފަ. އެ މަސައްކަތް ކުރިއަށް ދާ ގޮތްވެސް މިއަދު އަޅުގަނޑު ބަލާލިން،" ފެނަކައިގެ ޑީއެމްޑީ ވިދާޅުވިއެވެ. L. Gan, Mathimaradhoo sarahadhdhun voltage drop vaa massala hallu kurumah au 1 kilometre ge cable valhulumuge masakkaiy dhanee kuramun @myfoona @Mihaarunews @psmnewsmv @miadhuMV @addulive @LaamuGan @MaaduMr pic.twitter.com/iTJNb4CmRQ— Fenaka Corporation Ltd (@TeamFenaka) May 13, 2019
އޭނާ ވިދާޅުވީ ލ. ގަމުގައި މިހާރު ހަތަރު އިންޖީނުގެ ހުންނަކަމަށެވެ. އެހެން ކަމުން އެ އިންޖީނުގެ ތައްވެސް އެއްކޮށް އެއް އިންޖީނުގެއަކުން ކަރަންޓު ދިނުމަށް މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެން މަޝްވަރާ ކުރީ ތުނޑީ އިންޖީނުގެ ތަރައްގީކޮށް އެއް ތަނަކަށް ރަނގަޅު ކަރަންޓުގެ ހިދުމަތެއް ދެވެނެ އިންތިހާމް ހަމަޖައްސަން،"
މީގެ އިތުރުން ގަމު ލިންކު ރޯޑުގެ ބައެއް ބައްތިތަކަށް ކަރަންޓު ނިލބޭ މައްސަލަ ހައްލުކުރުމަށްވެސް ވަނީ މަސައްކަތް ފަށާފައެވެ. މިގޮތުން މަގުގުގެ 14،000 މީޓަރުގެ ބައްތިތައް ނުދިއްލި ހުރިކަމަށެވެ. ނަމަވެސް މިހާރު ބައްތިތައް ވަނީ އަލުން ދިއްލާފައެވެ.
ގަމުގެ މަގުމަތީގައި ސޯލާ ޕެނަލް ހަރުކޮށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް މިއަދު މަޝްވަރާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ