ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ އެންމެ ދެކުނު އޮންނަ، ގއ، އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ވައިޓް އެލާޓް ނެރިފައި ވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 2:30 އަށް ކަމަށެވެ.
މެޓް އޮފީހުން ބުނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ދެ ކުނުގެ ބައެއް ހިސާބަށް ވައިޓް އެލާޓް ނެރުނު ނަމަވެސް މެދުތެރެއަށް ވެސް ކެރީގެ އަސަރު ފޯރާނެ ކަމށެވެ. އަދި އުުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ، ކުރިއަށް އަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަަދަވުން އެކަށީގެން ވާ ކަަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
މޫސުން ގޯސްވުމުން ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ