ހުކުރު ދުވަހު ހަވީރު ސިފައިން މާލޭ މަގުމައްޗަށް ނުކުމެ ޝަރަފުގެ ހިނގާލުމެއް ބާއްވަނީ

ސިފައިންގެ 127 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ހުކުރު ދުވަހުގެ ހަވީރު 16:00 ގަ މާލެ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެހިފައިވާކަމަށް ސިފައިން ހާމަކޮށްފިއެވެ.
ސިފައިން ބުނީ މި ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ނިކުމެ އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް ގޮސް، މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް ގޮސް، ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުގެ ދެކުނަށް އަޅައި އަމީނީ މަގުން އިރަށް ގޮސް، އިއްޒުއްދީން މަގުން ދެކުނަށް ގޮސް، ކަޅުތުއްކަލާ ކޮށްޓަށްކަމަށެވެ.
މި ޝަރަފުގެ ހިނގާލުން މަޑުކުރުމަށް ހަމަޖެހިފައިވަނީ މުލިއާގެ ކައިރި، ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތި، މަޖީދީ މަގާ ފާށަނާ ކިލޭގެ މަގު ގުޅޭ ކަންމަތި، މާފަންނު ސަހަރާ ޕާކިން ޒޯން ކައިރި އަދި އިއްޒުއްދީން މަގާ އާޒާދީ ހިންގުން ގުޅޭ ކަންމަތި ކައިރީގައެވެ. ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑުގައި ރީތި އެކި ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ