ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ އަނބިކަނބަލުން ނަސްރީނާ އަހްމަދު، ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަރީފުގެ އަނބިކަނބަލުން ނަސްރީނާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވީ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. "މަޖްލިސް 2024، ނިލަންދޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމައިފިން" ފ. ނިލަންދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ނަސްރީނާ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަރީފުގެ އަނބިކަނބަލުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މި އިއުލާން ކުރެއްވީ، ހޮނިހިރު ދުވަހު އޮތް މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންވެސް ކުރުމުގެ ކުރިންނެވެ. ހޮނިހިރު ދުވަހު އޮތް އިންތިޚާބުގައި އެމްޑީޕީންވަނީ އާދަޔާ ހިލާފު ބޮޑު ކާމިޔާބެއް ހޯދާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަރީފުގެ އަނބިކަނބަލުން މަޖިލީހުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި އިރު، އެމްޑީޕީގެ މެޖޯރިޓީއާއި އެކު ސުޕްރީމް ކޯޓާ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް އެ ޕާޓީގެ އެޖެންޑާ 19ގައި ވަނީ ހިމަނާފައެވެ. އެޖެންޑާ 19ގެ އެންމެ މުހިއްމު ބައެއްގެ ގޮތުގައިވަނީވެސް އިންސާފުވެރި ފަނޑިޔާރުގެ އެއް ގާއިމް ކުރުމެވެ.
2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަރީފުގެ އަނބިކަނބަލުން ނަސްރީނާއަކީ، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މިހާރުގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިސް ބޭފުޅެކެވެ. ނަސްރީނާގެ އާއިލީ ބައެއް ބޭފުޅުން ނިމިދިޔަ އިންތިޚާބުގައި ޑރ. ޢަބްދުﷲ ޚަލީލުއަށް ކެމްޕޭން ކުރެއްވިއެވެ. އެހެންނަމަވެސް ޑރ. ޢަބްދުﷲ ހަލީލުވަނީ ހޮނިހިރު ދުވަހު އޮތް އިންތިހާބުން ބަލިވެ، ނިލަންދޫ ދާއިރާގެ ގޮނޑި ގެއްލިފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަރީފުގެ އަނބިކަނބަލުން މަޖިލީހަށް ކުރިމަތިލައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ