ދުސްތޫރީ ނިޒާމް ފުނޑުފުނޑުކޮށްލަން ދަނީ މަސައްކަތް ކުރަމުން: ޝަހީދު

ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑުކޮށްލަން މަސައްކަތް ކުރައްވަމުން ގެންދާތަން މިހާރު ފެންނަމުންދާ ކަމަށް ޕީޕީއެމްގެ ގާނޫނީ ވަކީލް އަދި ކޮންގްރެސް ޕާޓީގެ ކައުންސިލް މެމްބަރު އަލްއުސްތާޒު މުހައްމަދު ޝަހީދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއިން ސަސްޕެންޑުކުރުމާއެކު އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ބުނެ ސުޕްރީމު ކޯޓުން ނެރުނު އަމުރާއެކު އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ހިމެނޭ ގޮތަށް ސުޕްރީމު ކޯޓަށް އިންޒާރު ދީފައިވަނިކޮށް އެކަމާ ގުޅިގެން ޗެނެލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަހީދު ވިދާޅުވީ މިއަދު ފެންނަމުންދަނީ ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވާ ދުސްތޫރީ ނިޒާމު ފުނޑުފުނޑުކޮށްލަން ބަޔަކު މަސައްކަތް ކުރަމުން ގެންދާ މަންޒަރު ކަމަށެވެ. އަދި ދުސްތޫރީ ނިޒާމު ފުނޑުފުނޑުކޮށްލަން ކުރަމުން މަސައްކަތްކުރަމުން ގެންދާ އެންމެހާ ބަޔަކާ މެދު ފިޔަވަޅު އެޅުޅަށްވެސް ވަނީ ގޮވާލައްވާފައެވެ. އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ފެނިގެންމިދާ ހުރިހާ ކަމަކީ ބަދަލު ހިފުމުގެ ރޫހަކާއެކު ކުރަމުން ގެންދާ ކަންކަން ކަމަށެވެ. ރާއްޖޭގެ ފަނޑިޔާރުގެތަކަށް ބާރު ފޯރުވަން މިއަދުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ރީތި ގޮތުގައި އިސްތިއުފާ ދެއްވަން ބޭރު ޤައުމެއްގެ ފަނޑިޔާރަކު ގޮވާލާފައިވާއިރު އެ ފަނޑިޔާރު ބުނެފައިވަނީ ރީތި ގޮތުގައި އިސްތިއުފާ ނުދެއްވައިފިނަމަ މަޤާމުން ވަކި ކުރައްވާނެ ކަމަށެވެ. ޖުޑިޝަރީގެ ކަންތައްތައް މިފަދަ ގޮތަކަށް އޮތްހިނދެއްގައި ރާއްޖޭގެ ފަނޑިޔާރުންނަށް އިންޒާރުދިން ބޭރުގެ ފަނޑިޔާރުގެ ދިފާއުގައި މި ސަރުކާރުން ވަނީ ވާހަދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ