ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބިލަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރާނެ އެންމެ މުހިއްމު އެއް މަސައްކަތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވުމުގެ ބޭނުމަކީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް ރާޢްޖޭގައި ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަގުފަހި ކުރުން ކަމުގައި އެ ބިލުގައި ވެއެވެ.
އޭގެ އިތުރުން ވެސް ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދީ، ކުޑަކުދިންނާއި ގުޅިގެން މައިންބަފައިންނާއި އަދި ކުޑަކުދިން ބަލަހައްޓާ ފަރާތްތައް އުފުލަންޖެހޭ އެންމެހައި ޒިންމާ އަދާ ނުކުރުމުގެ ސަބަބަން އެ ކުދިންނަށް ކުރިމަތިވާ އަނިޔާތަށް ހުއްޓުވުމަކީ ވެސް އެ ބިލުގެ މަގްސަދެކެވެ.
ބިލަށް ބަހުސް ކުރައްވަމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، ކޮންމެ ދައުލަތެއްގެ ވެސް އެންމެ ބޮޑު ޒިންމާއަކީ އެ ދައުލަތެއްގެ ކުޑަކުދިންގެ ހައްގުތަށް ރައްކާތެރި ކުރުން ކަމަށެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެ ބިލަށް ފާޑުވިދާޅުވަމުން ފާހަގަކުރެއްވި ގޮތުގައި 82 ސަފްހާގެ ބިލެއްގައް "ދަރިފުޅަށް ބޭނުންވާ ލޯބި" ހިމެނިފައި ނުވާ ކަމަށެވެ.
އިންސާނަކަށް އެންމެ ބޭނުންވާ ކަންކަން ކަނޑައަޅާފައިވާ ފަލްސަފާތަކުގައި ދެވަނައަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ވަނީ ލޯބިކަމަށާއި، ހާއްސަކޮށް ދަރިފުޅަށް އާއިލާގެ އަދި މުޖުތަމައުގެ ލޯބި ލިބުމަކީ، ކުއްޖާގެ ކުރިމަގު ބައްޓަން ކުރުމުގައްޔާއި، ތޮބީއީ ގޮތުންނާއި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން އެންމެ މުހިންމު ކަންތައް ކަމުގައި ޝަރީފު ވިދާޅުވި އެވެ.
އެ ބިލުގައިވާ ބައެއް ކަންކަމުގެ ތެރޭގައި ތަފާތުނުކުރުމާއި، ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އެންމެހައި ހައްގުތަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކަށަވަރު ކުރުމެވެ.
ކުޑަކުދިންގެ ހައްގުތަކުގެ ބިލަކީ 19 ވަނަ މަޖިލީހުގެ އެންމެ މުހިއްމު އެއް މަސައްކަތް: މެމްބަރު ރޮޒެއިނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ