މެދު ދާއިރާގެ މައްސަލަ މާދަމާ!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް ވާދަކޮށް ނާކާމިޔާބްވި ހިޔަލީ މުހައްމަދު ރަޝީދު އިންތިޚާބު ބާތިލް ކުރުމަށް އެދި ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ މާދަމާއަށް ތާވަލްކޮށްފި އެވެ.
ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދައުވާކޮށް ހިޔަލީ މުހައްމަދު ރަޝީދު ހުށަހެޅުއްވި މައްސަލަ އާދީއްތަ ދުވަހުގެ 11:15 އަށް ތާވަލްކޮށްފައިވާ ކަމަށެވެ.
އިންތިހާބް ބާޠިލް ކުރުމަށް ހައިކޯޓަށް މައްސަލަ ހުށެހެޅި ކޮންކަމަކާއި ގުޅޭ ގޮތުންކަމެއް ސާފެއް ނުވެއެވެ.
ހިތަދޫ މެދު ދާއިރާގެ ގޮޑި ކާމިޔާބް ކުރެއްވީ ކުރީގެ ބްރިގޭޑިއަ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް ދީދީއެވެ. އިބްރާހިމް ދީދީއަށް 1099 ވޯޓު ލިބިވަޑައިގަތް އިރު ހިޔަލީ އަށް ލިބިވަޑައިގަތީ 898 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ހުސައިން ސާލިހަށް ލިބިވަޑައިގަތީ 554 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ