ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަޢުވަތަކަށް ކުރައްވާ ރަސްމީދަތުރުފުޅަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
މިދަތުރުފުޅުގައި ފުރާވަޑައިގަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަތުރުފުޅުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރައްވާނީ ވިޔަފާރިއާއި އިޤްތިސާދީ ދާއިރާއިންނާއި، އިންޑިޔާ ކަނޑުގެ ސަލާމަތީ ކަންކަމާއި ގުޅޭ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ކަމަށެވެ. މީގެ އިތުރުން ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ނަމަވެސް އެއްބަސްވުން ތަކާއިގުޅޭ ތަފްސީލް އެމަނިކުފާނު ނުދެއްވައެވެ.
މި ދަތުރު ފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ރައީސް ޔާމިން ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމަކަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވީ އިންޑިޔާއަށެވެ.
ރައީސް އަބްދުﷲ ޔާމީން ސްރީލަންކާއަށް ފުރާވަޑައިގަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ