ރާއްޖޭގެ ފުރަތަމަ ލެޕަރޮސްކޯފިކް ސާޖަރީ އޭޑީކޭގައި ހަދައިފިއެވެ.
ޒަމާނީ ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ އޮޕަރޭޝަންކުރުމުގެ މަގުބޫލު ޓެކްނޮލޮޖީ ބޭނުންކޮށްގެން މި އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުން ކުރީ ބުރާސްފަތި ދުވަހުގައެވެ. މި އޮޕަރޭޝަނަކީ ހަށިގަނޑުގެ ކުޑަ ތަންކޮޅެއް ކަފައިގެން އޮޕަރޭޝަން ކުރާ ގުނަވަނުގެ ތެރެ ލެޕަރޮސްކޮޕް ނުވަތަ ފައިބާ އޮޕްޓިކް 3ޑީ ކެމެރާއެއް ބޭނުންކޮށްގެން ކުރާ އޮޕަރެޝަނަކެވެ.
މިއީ ރާއްޖޭގައި ކުރި ފުރަތަމަ ލެޕަރޮސްކޮޕިކް ސާޖަރީ ކަމަށް އޭޑީކޭއިން ބުނެ އެވެ. މި ސާޖަރީ ކުރިއަށްގެންދިޔައީ އޭޑީކޭގެ "ސަންރައިޒް" ތިއޭޓަރުގަ އެވެ. ތިން ގަޑިއިރުގެ އޮޕަރޭޝަން ކާމިޔާބްކަމާއެކު ނިންމާލެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަށް މަރުހަބާ ވިދާޅުވެ އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތައް ވެސް ހިއްސާކުރައްވާފަ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ރާއްޖޭގައި ފުރަތަމަ ލެޕަރޮސްކޯފިކް ސާޖަރީ އޭޑީކޭގައި ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ