އަދީބަށް އެކަށީގެންވާ ބޭސްފަރުވާގެ ހިދުމަތް ދިނުމަށް ރައީސް މައުމޫން ގޮވާލައްވައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދޭންޖެހޭ ބޭސްފަރުވާގެ ކަންކަން ކޮށްދިނުމަށް ސަރުކާރަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްވެސް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ އަދީބުގެ ބޭސްފަރުވާއާއި ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެ.
އެގޮތުން ޓްވީޓްގައި ކުރީގެ ރައީސް މައުމޫނު ވިދާޅުވީ ބަލިވެއްޖެ ނަމަ ޝިފާ ހޯދުމަށް މަސައްކަތް ކުރުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމުގައެވެ. މައުމޫނު އިތުރަށް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ބޭސްފަރުވާ ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި އެއީ އިންސާނިއްޔަތަށް ޓަކައިވެސް ކޮށްދޭންޖެހޭ ކަމެއްކަމުގައެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވި އިރު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ ދިނުމަށް އަމުރުކޮށް އަދީބުގެ އާއިލާގެ ފަރާތުން ވަނީ ޝަރީއަތުގައި އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ