2018 ގެ ޕީޕީއެމް އެމްޑީއޭގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން: ނިހާން
2018 ގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ.އެވެ. ނިހާން މިހެން ވިދާޅުވެފައިވާއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން މެމްބަރުންވެސް ގެންދަވަނީ އެ މެމްބަރުން ތިއްބެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައިކަން ހާމަކޮށްދެއްވަމުންނެވެ.ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ފެށިގެން ކުރިއަށްދާ މިދަނޑިވަޅު އިދިކޮޅު ސިޔާސީ ބޭފުޅުން ގެންދަވަނީ ސަރުކާރު ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ތަފާތު ވާހަކަތައް ފަތުރަމުންނެވެ. އެގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ބަހުގެ މާނަ އޮޅުވާލައި، ސޯޝަލް މީޑިއާގަޔާއި އޮންލައިން މީޑިއާތަކުގައި އެކިއެކި ގޮތްގޮތަށް ވާހަކަ ފަތުރަމުންދަނިކޮށް ޝުޖާޢުމިވަނީ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައި އޭނާ ދެމި ރޯނުގައި އިދިކޮޅު ފަރާތްތައް ޖައްސާފައެވެ. މިފަހަރު ޝުޖާއު ކުރެއްވި ޓުވީޓުގައި ވަނީ އޭނާ ހުންނެވި ގޮތް ވަރަށް ސާފުކޮށް ހާމަކުރައްވާފައެވެ.މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖީލީހަށް ހުށަހެޅުމަށް ގާނޫނުގައި ބުނާ އަދަދު ހަމަވެއްޖެ ކަމަށާއި، އެއަދަދު ހަމަކުރީ ޕީޕީއެމްގެ މެންބަރުންނާ އެކުގައި ކަމަށް ވިދާޅުވެ، ޕާޓީގެ ޢާންމު މެންބަރުން ހިތްހަމަ ޖެއްސުމަށް ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަމުން ދަނިކޮށް، ޕީޕީއެމުން މިވަނީ އެއީ ކުރެވޭނެ ކަމެއް ނޫންކަން ނިކަން ރަނގަޅަށް ސާބިތުކޮށްދީފައެވެ. ޗެނެލް ތާޓީންއަށް މަޢުލޫމާތު ދެއްވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ސާޅީސް ދެ މެންބަރުން ހަމަވުމަކީ ދުވަހަކު ވެސް ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ސަރުކާރު ކޯލިޝަންއަށް ނިސްބަތްވާ އެހެން މެމްބަރުންވެސް ގެންދަވަނީ އެ މެމްބަރުން ތިއްބެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކަމާއެކު ކަމަށް ވިދާޅުވަމުންނެވެ. 7 ފެބްރުއަރީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް ވަރަށް އަވަހަށް ގެންނާނެ ކަމަށެވެ. ނަމަވެސް އެބުނާ ބަދަލެއް ވެސް މިހާތަނަށް ގެނެވިފައި ނުވާއިރު، އަދި ވެސް އަޑަށް ބާރުލާފައި ބުނަމުން ދަނީ މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު ސިޔާސީ މަސްރަހު ބަދަލުވެ ގައުމަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިމޭރުމުން ވާހަކަ ދައްކަނީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ސަބަބަކީ އިދިކޮޅު ފަރާތްތައް ކޮންޓްރޯލް ކުރަނީ ވިދާޅުވާ ބަހާއި އަމަލު ދިމާނުވާ އިސްތިއުފާދީފައި ފިލައިގެންއުޅޭ ކެނެރީގޭ ނަޝީދު ކަމަށް ވާތީއެވެ. އެހެންކަމުން ސަރުކާރު ބަދަލުކުރުމާއި، ކެނެރީގޭ ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބުނެ ދައްކާ ވާހަކަ މިހާރު ވަނީ މަލިކު ލަވައަށްވެ ނިމިފައެވެ. ވެރިކަމަށް އެރިގޮތަށް ނަޝީދު ބުނެފައިވަނީ މިމީހާއަކީ ބައްޔެއް ވާނެ މީހާއެއް ނޫން ކަމަށާއި، މިއޮޑިއެއް ވާ ނުފެތޭނެ ކަމަށެވެ. ނަމަވެސް އޮޑިފެތި މީހާ ގާދޫ ކޮލުން ބޭރުވެ ހުންނެވި އިރު އަދިވެސް ހަމަ ވިދާޅުވަމުންދަނީ މިފިކުރެއް ނުފޮހެވޭނެ ކަމަށާއި، އެނބުރި އަންނާނެ ކަމަށެވެ. ހަގީގަތަކީ އިދިކޮޅު ބައެއް ބޭފުޅުންގެ ބަސް މަގު މިހެން ހުރި ނަމަވެސް އެކަމުން ކާމިޔާބީއެއް ލިބެންނެތް ކަމާ، އެއީ ހަމަ އެކަނި ދެކޭ ހުވަފެނެއްކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ