ސުޕްރީމް ކޯޓު ބެންޗަށް ސަލާމަތްތެރިކަން އޮތީ މެންބަރުންގެ މައްސަލަ އަވަސްކޮށްގެން ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
ރުކުމާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމުން 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ލަސްނުކޮށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
"(ސުޕްރީމް ކޯޓުގެ) ބެންޗަށް ވެސް ސަލާމަތްތެރިކަން އޮތީ މިކަން އިތުރަށް ލަސްނުކޮށް އަވަސްކޮށްގެން" ރުކުމާ ވިދާޅުވިއެވެ.
ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުކުރުމުން ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ކަމަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ޙުކުމްގެ ދަށުން 12 މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އަދި އެކަމުގައި ސުޕްރީމް ކޯޓުން ސާފު ޖަވާބެއް ދިނުން އެދި އިދިކޮޅު ފަރާތްތަކުން މިހާރު ކޮންމެ ދުވަހަކު ސުޕްރީމް ކޯޓަށް ދެއެވެ.
ސަރުކާރާއި، އިލެކްޝަންސް ކޮމިޝަނާއި، ރައްޔިތުން މަޖިލީހުގެ އިދާރާ އިން ވެސް ގަބޫލު ކުރަނީ ސުޕްރީމް ކޯޓުގެ ޙުކުމުގެ ސަބަބުން 12 މެންބަރެއްގެ ގޮނޑި މިހާތަނަށް ގެއްލިފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓު ބެންޗަށް ސަލާމަތްތެރިކަން އޮތީ މެންބަރުންގެ މައްސަލަ އަވަސްކޮށްގެން – ރުކުމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ