ސުޕްރީމް ކޯޓުގެ ހުކުމަށް އެއްޗެއް ބުނާކަށް ނެތިން: އަދުރޭ

ސުޕްރީމް ކޯޓުން ރޭ ނެރެފައިވާ ހުކުމާއިމެދު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމްގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ސާބިތު ކަންމަތީގައި ކަމަށާއި މިހާރު މަޑު ކުރަމުން އަންނަނީ އެޓާނީ ޖެނެރަލްގެ ލަފައަކަށް ކަމަށެވެ. އަދި ހުކުމާއިމެދު ގޮތެއް ނިންމާނީ އެއަށް ފަހުގައި ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިހާތަނަށް އަދުރޭ، ޕީޕީއެމްގެ ނައިބުރައީސް މޫސާ ޒަމީރު، މިނިސްޓަރު ސައީދު ވާހަކަފުޅު ދެއްކެވި ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާއިމެދު މާބޮޑު އެއްޗެއް އެއްވެސް ބޭފުޅަކު ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ