ރައީސް ޔާމީންއަށް 2018 ވަނަ އަހަރުގެ އިންތިޚާބް ކާމިޔާބު ކޮށްދިނުމަށް މުޅި ޕީޕީއެމް އަތުގުޅާލައިފި

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން މަސައްކަތް ކުރަމުން ދަނީ ވަކި އަމާޒަކަށް ވާސިލް ވުމަށެވެ. އެއަމާޒަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ރައީސް ޔާމީންއަށް ކާމިޔާބުކޮށްދިނުމެވެ.  ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން އަމާޒް ހިފާފައިވަނީ އެޕާޓީގެ މުސްތަޝާރު އަދި ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ދެވަނަ ދައުރަކަށް އިންތިޚާބުކޮށް 2018 ގެ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދިނުމުގެ މަސައްކަތް ކުރުމަށެވެ. ޕީޕީއެމްގެ ހަރަކާތްތައް އިތުރުކޮށް އެ ޕާޓީން ކުރަމުން އަންނަ މަސައްކަތްތައް މީ ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނާން އޮތް ހަގީގަތެކެވެ. އަދި މިއީ ދިވެހި ކޮންމެ ރައްޔިތަކުވެސް ގަބޫލް ކުރާނެ ހަގީގަތެކެވެ.ކުރިއަށް އޮތް 2018 ގެ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ މަސައްކަތް ޕީޕީއެމުން ކުރަމުންދަނީ ދިވެހި އެއްމެހާ ލޮބިވެތި ރައްޔިތުންނާއި ގުޅިގެން ނުހަނު ހިކުމަތްތެރިކަމާއި ވިސްނުން ތެރިކަމާއެކުގައެވެ. އަދި މި އަގުހުރި މަސައްކަތް ޕީޕީއެމުން ކުރަމުން ދަނީ ވަރަށް އެކުވެރި މާހައުލެއްގައި ގުޅުން ބަދަހިކޮށްގެން ކަމީ އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާވެސް ގަބޫލުކުރާނެ ހަގީގަތެކެވެ. ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމްގެ ހާއްސަ އިސް ނެންގެވުމާއެކު ސަރުކާރުގެ ވަޒީރުންނާއި، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރުންނާއި، އެއްމެ އާދައިގެ މެމްބަރުން ގުޅިގެން އެއް ޖޯޝެއްގައި އެއް ވާމެއްގައި ކުރަމުންދާ މަސައްކަތް އެއްދުވަހުން އަނެއްދުވަހަށް ވަރުގަދަކުރަމުންދާ މަންޒަރު ބަލާލި ކޮންމެ ދިމާލަކުން ދަނީ ފެންނަމުންނެވެ. އަދި ޕީޕީއެމްގެ އަމާޒަކީ ހަމައެކަނި 2018 ގެ ރިޔާސީ އިންތިހާބު ރައީސްޔާމީން އަށް ކާމިޔާބުކޮށްދިނުން އެކަނި ނޫންކަން ވެސް މިއީވެސް ގަބޫލް ކުރަން ޖެހޭ ހަގީގަތެކެވެ. ޕީޕީއެމް އާއި ގުޅިފައިވާ ފަރާތްތަކުގެ އެހީތެރިކަމާއެކު އެ ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ރައީސް ޔާމީން އަށް 2018 ގެ ރިޔާސީ އިންތިހާބު ސީދާ އެއްލަކިން ކާމިޔާބުކޮށްދިނުމަށެވެ.އެގޮތުން ތަފާތު ނަން ނަމުގައި ބާއްވާ ޖަލްސާތައް އިތުރުވެ، އެފަދަ ޖަލްސާތަކުގެ ފޯރި އިތުރުވެ ޖަލްސާތަކުގައި ބައިވެރިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވެގެން ދިއުމުން ހާމަވެގެން ދަނީ އިދިކޮޅުގައި ތިބި ފަރާތްތައް ބަލިކަށިވެ، އިދިކޮޅު ސިޔާސީ ޕާޓީއެކޭ ބުނެވޭ ފެންވަރުގެ ޕާޓީއެއް ނެތިގެންދާ މަންޒަރެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ސަރުކާރު ކޯލިޝަން ގުޅިގެން އަތާ އަތް ގުޅާލާ އެއް ވާމެއްގައި ފަތު އަޑު ކިޔާފައި ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅުމަށް އިދިކޮޅު ފަރާތްތައް ގުޅިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކެނޑި ނޭޅި މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، ޕީޕީއެމްގެ އެއްމެ އާދައިގެ މީހާއިން ފެށިގެން އެއްމެ މަތީ ލެވެލްގެ އިއްޒަތްތަތް ތެރިންނާ ހަމައަށް ކުރަމުން އަންނަ މަސައްކަތްތައް ވަނީ މެކުހަށް ޖަހާފައެވެ. އެހެން ކަމުން ޕީޕީއެމްގެ މެމްބަރުންނާއި އެ ޕާޓީގެ ސަޕޯރޓަރުންގެ މަސައްކަތްތަށް ދުވަހެއް ދުވަހަކަށް އިތުރުވެ އެމަސައްކަތްތަކުގެ ސްޕީޑް ބާރުވެފައިވާ ކަމުގެ އެއްމެ އަލިގަދަ ހެއްކަކީ ވަކި ޕާރޓީއަކަށް ވަކިފިކުރަކަށް ވަކި ކުލައަކަށް ވަކި ގިންތިއަކަށް ބެލުމެއް ނެތި ސަރުކާރުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކެވެ.އެގޮތުން އަތޮޅުތެރޭގައި ހިންގާ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތަކާއި މުޅި ރާއްޖެއަށް ގެންނަމުން ދާ ތަރައްގީއަކީ މިކަންކަން ހާމަކޮށްދޭ ދެވަނައެއް ނުވާ މިސާލެކެވެ. އަމިއްލަ އެއްވެސް އެޖެންޑާއެއް އިސް ކުރުމެއްނެތި ރައްޔިތުންގެ ހެވާ ލާބައަށް ހެޔޮ ނިޔަތަކާއެކު ތެދުވެރި ކަމާއެކު މަސައްކަތް ކުރެވިއްޖެ ނަމަ އެކަމުގެ ފޮނި މީރު މޭވާ ލިބޭނެ ކަމީ ޝައްކަތް އޮތް ކަމެއް ނޫންނެވެ. އަދި ގައުމާއި ރައްޔިތުންނަށް ހެވެއް ނުލިބި ރާއްޖޭގެ ވެރިކަމުގެ ދަހިވެތި ކަމުގައި އަމިއްލަ މަސްލަހަތު އިސްކޮށް މަސައްކަތްކުރާ ބަޔަކަށް ކާމިޔާބީގެ ލަނޑުދަނޑިއަށް ވާސިލް ނުވެވޭނެ ކަމީ ވެސް ކޮންމެ ރައްޔިތަކުވެސް ދެބަސް ނުވާނެ ހަގީގަތެކެވެ. ކަން މިހެން އޮތް އިރު ސަރުކާރު ކޯލިޝަން ގުޅިގެން ކުރާ މަސައްކަތްތައް މި ފަދަ ހަލުވި ބާރުމިނުގައި ކުރިއަށްދާނަަމަ 2018 ގެ ރިޔާސީ އިންތިޚާބު އެއްލަކިން ރައީސް ޔަމީންއަށް ކާމިޔާބު ކުރެވޭނެ ކަމީ ކޮއްމެ މީހަކުވެސް ދެބަސް ނުވެ ގަބޫލް ކުރާނެ ބޮޑު ހަގީގަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ