ރައީސް މައުމޫނު އަނެއްކާވެސް ދޫނިދޫއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ގާނޫނީ ވެރިކަން ބަދަލުކުރަން އުޅުނުކަމުގެ ތުހްމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ދޫނިދޫއަށް ބަދަލުކޮށްފި އެވެ.
މައުމޫނުގެ ގާނޫނީ ވަކީލު މައުމޫނު ހަމީދުގެ ރާއްޖެއެމްވީއަށް ވިދާޅުވީ ރައީސް މައުމޫނު ބަދަލުކުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް އެއީ ކީއްވެ ކަމެއް ނާންގަވާ ކަމަށެވެ. އަދި ތަހްގީގު ކުރާ ފަރާތަކަށް ވެސް ރައީސް މައުމޫނު ދޫނިދޫއަށް ބަދަލު ކުރެއްވީ ކީއްވެކަން އެނގިނުލައްވާ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.
 ކުރީގެ ރައީސް މައުމޫނު ހައްޔަރުކުރެއްވީ މި މަހުގެ ހަ ވަނަ ދުވަހުގެ ރެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ކޯޓު އަމުރަކާ ނުލައި ރައީސް މައުމޫނު ހައްޔަރު ކޮށްގެން ގެންދެވީ ދޫނިދޫ އަށެވެ.
ނަމަވެސް ފަހުން މާފުއްޓަށް ބަދަލުކޮށް އެމަނިކުފާނު ކަރެކްޝަނަލް ސާވީސްއާ ހަވާލުކުރި އެވެ. އަދި އޭގެ ފަހުން އަނެއްކާ ވެސް މާފުށީގައި ފުލުހުންގެ ބެލުމުގެ ދަށަށް ރައީސް މައުމޫނު ބަދަލު ކުރެއްވީ ކުއްލި ގޮތަކަށެވެ. އަދި އޭގެ ފަހުން ދޫނިދޫއަށް އަނެއްކާ ވެސް ބަދަލުކުރައްވާފައިވާއިރު މިހާނަށް ވެސް އެމަނިކުފާނާ ތަހުގީގުގައި ސުވާލެއް ކޮށްފައިނުވާ ކަމަށް މައުމޫނުގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ