އިންތިޚާބު ފުރަތަމަ ފަހަރުން ނިންމައިދެއްވުމަށް ގާސިމް އެދިވަޑައިގެންފި
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުން ފުރަތަމަ ފަހަރުން ނިންމައިދެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި އެހެން ނޫނީ ޤަޢުމު އިތުރު ހަލަބޮލިކަމަކަށް ވެއްޓިގެންދާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ރޭ ތުލުސްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ގާސިމް ވިދާޅުވީ ޤައުމުގެ ޙާލަތު މިހާރު މިއޮތީ ވަރަށްގޯސްކޮށް ކަމަށާއި، ރިޔާސީ އިންތޚާބު ދެވަނަ ބުރަކަށް ގެންގޮސްފިނަމައެކަމުގެ ހިތި ނަތީޖާއާ ރައްޔިތުންނަށް ކުރިމަތިލާންޖެހޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުއަބަދުވެސް ބޭނުންފުޅުވަނީ ރާއްޖެއަކީ އިސްލާމްދީނުގެ މަތީގައިސާބިތުވެ އޮންނަ ޤައުމަކަށް ވުމަށާއި، އަދި ރައްޔިތުންނަށް އުފާވެރިހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ.
ހޮނިހިރުދުވަހުގެ އިންތިޚާބަކީ ދިވެހި ރައްޔިތުން ޒިންމާދާރުކަމާއެކު އެމީހުންގެމަސްއޫލިއްޔަތު އުފުލާ ޤައުމުގެ ޙާލަތަށް ރިޢާޔަތްކޮށްރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަންޖެހޭ ދުވަހެއްކަމަށާއި، ވޯޓުލުމަކީ ކުޅޭކުޅޭ ކަމަކަށް ނުހެދުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.
ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައިތުލުސްދޫއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވާ ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ތުލުސްދޫ މިހާރު އޮތް ސައިޒަށްބަލާއި އޭގެ ތިންގުނައަށް އެރަށުގެ ބިން ހިއްކައިދެއްވާނެ ކަމަށާއި، އަދިއެރަށަކީ ޓޫރިޒަމްއާ ސިނާޢީ ބައެއް މަސައްކަތްތައް ހިންގައިގެން އާމްދަނީލިބޭ ތަނަވަސް ރައްޔިތެއް ދިރިއުޅޭ ރަށަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ