އަންނަ އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން 16 މިސްކިތެއްގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން މަސައްކަތް ނިންމަން ހަމަޖެހިފައިވާ 16 މިސްކިތަކާއި ގުރުއާން މަރުކަޒުގެ ގޮފީގެ ދެ މަޝްރޫއުއެއް ނިމޭނެ ކަމަށެވެ. އަދި މިނިސްޓްރީ އާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ހުޅުމާލޭގައި ބިނާކުރަމުން އަންނަ ދާއިމީ މިސްކިތުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމައި، ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މިނިސްޓްރީގެ އަމާޒަކީ ހުޅުމާލޭގައި ހަދާފައިވާ ވަގުތީ މިސްކިތްތައް މިއަހަރު ނިމުމުގެ ކުރިން އުވާލުމެވެ.
އަންނަ އަހަރުގެ ފަހުކޮޅުގައި ވަގުފު މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް ވެސް ނިމޭނެކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ މަޝްރޫއުތައް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ވަނީ ހުޅުމާލޭގެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ކައިރީ އަމިއްލަ ފަރާތެއްގެ ހަރަދުގައި އިމާރާތްކޮށްފައިވާ މިސްކިތެއް ހުޅުވައިފަ އެވެ. އެގޮތުން ތިން ބުރިއަށް ހަދާފައިވާ އެ މިސްކިތަކީ 1،200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އަންނަ ރޯދަ މަހަށް 16 މިސްކިތެއްގެ މަސައްކަތް ނިމޭނެ: ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ