ރާއްޖޭގައި ޓްއަރިސްޓް ހިދުމަތްދޭ އެތައް ތަނެއް ހުއްޓާ ހަމައެކަނި ގާސިމް އިބްރާހިމްގެ ރިސޯޓްތައް ފާސްކުރުމަށް އެރުމުން ރައީސް މައުމޫނު އަބްދުލްޤައްޔޫމް ސުވާލު އުފައްދަވައިފިއެވެ.
ކަސްޓަމްސްއާއި މީރާއާއި ފުލުހުން ގާސިމްގެ ރިސޯޓްތަކަށް އެރި މައްސަލާގައި ރައީސް މައުނޫނުވަނީ ޓްއަރިސްޓް ހިދުމަތްދޭ އެތައް ތަނެއް ހުއްޓާ ގާސިމްގެ ގާސިމްގެ ރިސޯޓްތަކަށް އެކަނި އެރުމަކީ ކޮންކަހަލަ ކަމެއްތޯ ސުވާލު ކުރައްވާފައެވެ.Rājjē gai 127 tourist resort, 14 tourist hotel, 450 tourist guest house, 130 tourist safari ulhan’dhu oiy iru emme mīheh ge 5 resort kulliakah fuluhunnā custom mīhun gos check kurumakī kon kahala kameh? Dhen bunāne hurihā kameh ves kuranī insāfunnē!!— Maumoon Abdul Gayoom (@maumoonagayoom) January 17, 2018ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގައި 127 ރިސޯޓާއި 14 ޓްއަރިސްޓް ހޮޓަލާއި 450 ޓްއަރިސްޓް ގެސްޓްހައުސް އާއި 130 ސަފާރީ އުޅަނދު އޮއްވައި، އެންމެ މީހެއްގެ ފަސް ރިސޯޓަށް ކުއްލިއަކަށް ފުލުހުންނާއި ކަސްޓަމްސްއިން އަރާ ފާސްކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ.
"ދެން ބުނާނެ ހުރިހާ ކަމެއްވެސް ކުރަނީ އިންސާފުންނޭ" ރައީސް މައުމޫނު ވިދާޅުވިއެވެ.
ގާސިމްގެ ރިސޯޓްތަކަށް އެރި މައްސަލާގައި އިދިކޮޅު އެމްޑީޕީންވެސް މިރޭވަނީ ބަޔާނެއް ނެރެފައެވެ. ގާސިމްގެ ރިސޯޓްތަކަށް އެރީ ޤާސިމް އިބްރާހީމަށް ފުރައްސާރަކޮށް ބިރުދެއްކުމުގެ ގޮތުން ކަމަށް އެމްޑީޕީގެ ބަޔާނުގައިވަނީ ބުނެފައެވެ.
ހަމައެކަނި ގާސިމްގެ ރިސޯޓްތަކަށް އެރުމުން ރައީސް މައުމޫނު ސުވާލު އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ