20 ބިލިއަން ރުފިޔާއިން ގެނައި "ބަހާރު" މޫސުން ދެއްކީ ތަފާސް ހިސާބުން!

ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ރާއްޖެއަށް ގެނައި 20 ބިލިއަން ރުފިޔާގެ ތަރައްގީގެ ތަފާސް ހިސާބުތަކާ އެކު އިދިކޮޅު ލީޑަރުންނަށް "ބަހާރު" މޫސުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދައްކަވައި ދެއްވައިފި އެވެ. "އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުންނަށް ތަރައްގީ ފަހުމްވެވަޑައި ނުގަންނަވާތީ، ފެނިވަޑައިނުގަންނަވާތީ ތަފާސް ހިސާބު އެބޭފުޅުންގެ ސިކުނޑިފުޅަށް ބަރުކޮށްލެވުމަކީ އަޅުނގަޑަށް ލިބޭ އުފުލަކަށް މިރޭ ދެކެނީ،" ސަރުކާރުގެ ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސްގެ ވާހަކަފުޅު ދައްކަވަން ފެއްޓެވީ މިހެންނެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ތިން ގިންތި އަކަށް ބަހާލައިގެން މީހުން ދިރިއުޅޭ 183 ރަށުގެ ތެރެއިން 135 ރަށަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިފައިވާ އިރު ބޮޑެތި ރަށްތައް ހިމަނައިގެން 36 ރަށަކަށް ނަރުދަމާ ގާއިމް ކޮށްދެވިފައިވާ ކަމަށެވެ. ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި "ބަހާރެކޭ" ޖަލްސާގެ ކުރީ ސަފުގައި ރައީސް ޔާމީން، ނައިބު ރައީސް ޖިހާދު، އެމްޑީއޭގެ ލީޑަރު ސިޔާމު އަދި ހޯމް މިނިސްޓަރު އަޒްލީން (ކ-ވ) --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު އަދި ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ކޮންމެ 100 މީހެއްގެ ތެރެއިން 75 މީހުންގެ އާބާދީ އޮތް ހުރިހާ ތަނަކަށް އަންނަ އަހަރުގެ ތެރޭގައި ފެނާއި ނަރުދަމާ ގާއިމް ކޮށްދެވޭނެ ކަމަށެވެ. ހުރިހާ ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދެވި، ސަރުކާރުގެ ކަރަންޓް ޔަގީން ވައުދު ފުއްދިއްޖެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ކުރިން 24 ގަޑިއިރަށް ކަރަންޓް ނުލިބޭ ރަށްތަކަށް ކަރަންޓުން ލިބުނު ތަރައްގީއާ އެކު އެ ރަށްތަކުގެ ރައްޔިތުން އަދިވެސް ތަހުޒީބު ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ، އަންނަ އަހަރު ކަރަންޓުގެ އަގަށް ވެސް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް މިރޭގެ ރަސްމިއްޔާތުގައި ރައީސް ދެއްވާފައެއް ނުވެ އެވެ. ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި "ބަހާރެކޭ" ޖަލްސާގައި ވާހަކަފުޅުދެއްކެވުމުގެ ކުރިން ސަޕޯޓަރުންނަށް ރައީސް ޔާމީން އަތުން ހަނާ އަޅުއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ބައެއް ތަފާސް ހިސާބުތައް: 135 ރަށަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިފައި 36 ރަށެއްގެ ނަރުދަމާ ގާއިމް ކޮށްފައި އަންނަ އަހަރު ރާއްޖޭގެ އާބާދީގެ ކޮންމެ 100 މީހެއްގެ ތެރެއިން 75 މީހުންގެ އާބާދީއަކަށް ރައްކާތެރި ބޯފެނާއި ނަރުދަމާ ގާއިމްކޮށްދެވޭނެ އަތޮޅުތެރޭގެ ފެނުގެ ހިދުމަތް ބޭނުންކުރާ 92 ޕަސެންޓަށް 57 ޕަސެންޓަށް ފެނުގެ އަގު ކުޑަވާނެ އަތޮޅުތެރޭގެ ފެނުގެ ހިދުމަތް ބޭނުންކުރާ އަށް ޕަސެންޓަށް 10 ޕަސެންޓާއި 22 ޕަސެންޓާ ހަމައަށް ކުޑަވާނެ ހަތަރު އަހަރުގައި 770 ކިލާސްރޫމް އަޅައިފި އަންނަ އަހަރު 3325 ސްކޮލަޝިޕް ފުރުސަތު ފަހިކޮށްދެވޭނެ ޖުމްލަ 42 މިސްކިތް އަޅައި ދަނީ ބޭނުން ކުރެވެމުން 24 ހާފިޒުން ބިނާ ކުރެއްވިއްޖެ 40 އަށް ވުރެ ގިނަ ސްކޫލުގައި އަރަބި ތައުލީމް އާބާދީގެ 75 ޕަސެންޓަށް ބަނދަރާއި ނަރުދަމާގެ ހިދުމަތް ލިބޭނެ ހަފްތާއެއްގެ ތެރޭގައި 429 ގައިދީން މިނިވަން ކޮށްފި ކުށުގެ ރެކޯޑް އޮތް 5752 މީހެއްގެ ކުށުގެ ރެކޯޑް ސާފު ކޮށްދެވުނު ސިވިލް ސާވިސްގެ އެންމެ ދަށް ފަންތީގެ މުވައްޒަފަކަށް ވެސް 37 ޕަސެންޓަށް މުސާރަ ބޮޑުވާނެ ދެން ތިބި މުއައްޒަފުންގެ މުސާރައިގެ 4/1 ބޮޑުވެގެން ދާނެ ރާއްޖޭގެ އާބާދީގެ 71 ޕަސެންޓަށް ފަރުދީ ފައިދާ ލިބިއްޖެ 20 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގިއްޖެ 1800 މަޝްރޫއު އެވްރެޖްކޮށް ކޮންމެ ރަށެއްގައި ނުވަ މަޝްރޫއު ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި "ބަހާރެކޭ" ޖަލްސާގައި ފިރިކަލުން އަދި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު ޝާޑުއާ އެކު ޔޫތު މިނިސްޓަރު އިރުތިޝާމް ސެލްފީއެއް ނަންގަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ފެނުގެ އަގު ހެޔޮ ކުރުމަށް ރައްޔިތުން އެދެމުންދާ ދިއުމަށް މިރޭގެ ޖަލްސާގައި ރައީސް ވަނީ އުފާވެރި ހަބަރެއް ވެސް ދެއްވާފަ އެވެ. ރައީސް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ރަށްރަށުގެ ގޭބިސީތަކުގައި ބޭނުންކުރާ ފެނުގެ އަގު މާލޭގައި އެ ހިދުމަތް ލިބޭ އަގާ އެއްވަރަށް ހެޔޮ ކުރައްވާނެ ކަމަށެވެ. "އޭގެ ނަތީޖާއަކީ ކޮންމެ 10 ގެއަކުން ނުވަ ގެއެއްގެ ނުވަތަ ޔޫޒަރުންގެ 92 ޕަސެންޓަށް ފެނުގެ އަގު 57 ޕަސެންޓް ކުޑަވެގެންދާނެ. އަނެއް އަށް ޕަސެންޓަށް 10 ޕަސެންޓާއި 22 ޕަސެންޓާ ހަމައަށް ކުޑަވެގެންދާނެ،" ފެނުގެ އަގަށް އަންނާނެ ބަދަލު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ. އިތުރު ތަފާސް ހިސާބުތައް ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ވޭތުވެދިޔަ ހަތަރު އަހަރު 42 މިސްކިތް އަޅައި ނިންމާފައިވާ އިރު، 24 ހާފިޒުން ބިނާ ކޮށްފައިވާ ކަމަށެވެ. އަދި އިސްލާމީ އިލްމު އުނގެނުމަށް ޔުނިވާސިޓީއެއް ހުޅުވި އެ މަރުކަޒުން ރައްޔިތުންނަށް ފައިދާ ލިބެމުންދާކަން ފާހަގަ ކުރެއްވި އެވެ. ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި "ބަހާރެކޭ" ޖަލްސާއަށް ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ލީޑަރު ސިޔާމް އާއި އެޕާޓީގެ އިސްވެރިން ވަޑައިގަންނަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު އަދި ތައުލީމީ ދާއިރާއަށް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 770 ކިލާސް ރޫމް އަޅައި ނިންމާފައިވާ އިރު، އަންނަ އަހަރު 3325 ސްކޮލާޝިޕް ފޯރު ކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. "ޕީއެސްއައިޕީން ޖާގަ ހޯދާ ކުދި ބޮޑު މަޝްރޫއުތަކުގެ ވާހަކަ ދަންނަވާނަމަ މި ހަތަރު އަހަރުގެ ތެރޭގައި 20،000 މިލިއަން ރުފިޔާ މިވަނީ ހޭދަކުރެވިފައި. އޭގެ ނަތީޖާއަކީ 1800 މިފަދަ މަޝްރޫއު ރާއްޖޭގައި ނިމިގެން ގޮސްފައި މިވަނީ. އެއީ އެވްރެޖްކޮށް މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ނުވަ އަކަށް ވުރެ ގިނަ މަޝްރޫއު،" ތަރައްގީގެ ވަސް ނުދުވާ ލީޑަރުން ތަފާސް ހިސާބުތަކަށް ބެއްލެވުމަށް އެދުމުން ރައީސް ވިދާޅުވި އެވެ. ރައީސް އިތުރަށް ވިދާޅުވީ، މީގެ ކުރިން ރާއްޖޭން ލިބެން ނެތް ފަރުވާ އާއި މީގެ ކުރިން ތައުލީމީ ދާއިރާއިން ނުލިބޭ ތައުލީމީ ލޯނާއި ތަމްރީންނާއި ޒުވާނުންނަށް ދެމުންދާ ގެޓްސެޓް ލޯނު ފަދަ މަޝްރޫއުތަކަށް ބަލާނަމަ ރާއްޖޭގެ އާބާދީގެ 71 ޕަސެންޓަށް ފަރުދީ ފައިދާ ލިބިގެން ގޮސްފައިވާ ކަމަށެވެ. ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި "ބަހާރެކޭ" ޖަލްސާގައި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު، ވިލިމާލޭ ދާއިރާގެ މެމްބަރު ނިހާން އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަދުރޭ (ކ-ވ) --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު އެއީ ކޮންމެ 10 މީހެއްގެ ތެރެއިން ހަތް މީހެއް ކަމަށް ރައީސް ވިދާޅުވި އެވެ. ޒުވާނުންނަކީ ރާއްޖޭގެ އިގްތިސާދުގެ ކަންކަން ނެރެން ތިބި މީހުން ކަން ފާހަގަކުރައްވައި ރައީސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި 429 ގައިދީއަކު މިނިވަންކޮށް، ވަޒީފާ ލިބޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކުށުގެ ރެކޯޑް އޮތް 5752 މީހެއްގެ ކުށުގެ ރެކޯޑް ސާފު ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. "ހުވަފެން ދެކެންވާނެ. އުންމީދު ކުރަންވާނެ. ދިރުން ހުންނާނެ. އެހެން ވެއްޖެއްޔާ ހާލަތު ބަދަލުވާނެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ހާލަތު ބަދަލު ކުރާނީ،" "އަޅުގަނޑު އިމްތިހާނު ކުރައްވަނީތޯއޭ؟ އަޅުގަނޑު އިމްތިހާނު ކުރައްވާނަމަ ނަތީޖާއަށް އިންތިޒާރު ކުރައްވާ،" ރައީސްގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ