ހަނިމާދޫ ކައުންސިލާއި ރައްޔިތުން ގުޅިގެން އެރަށު ބަނދަރު ސާފުކޮއްފި

ހަނިމާދޫ ކައުންސިލާއި ރައްޔިތުން ގުޅިގެން އެރަށު ބަނދަރު ސަރަހައްދު ސާފުކޮއްފިއެވެ.
މިއީ ހަނިމާދޫއަކީ ސާފު ރަށެއްގެ ގޮތުގައި ބޭއްވުމުގެ މަޤުޞަދުގައި ހަނިމާދޫ ކައުންސިލުން އިސްނަގައިގެން އިއްޔެ ހެނދުނު 08:00ން 11:00އަށް ބޭއްވި ހަރަކާތެކެވެ. އަދި މިހަރަކާތުގައި އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި އެހެނިހެން މުއައްސަސާތައްވެސް ހިމެނެއެެވެ.
އޭގެ ތެރޭގައި ހަނިމާދޫގައި ހުންނަ ޕޮލިސް ސްޓޭޝަނާއި ފެނަކަ ހަނިމާދޫ ބްރާންޗާއި އެމްއެންޑީއެފް އާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހިމެނެއެވެ. އަދި އެރަށުގައި ހުންނަ ގެސްޓް ހައުސްތަކުންވެސް ބައިވެރިވިއެވެ. މީގެ އިތުތުން އައިލެންޑް އެކްސްޕަރޓްގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއެވެ.
ހަނިމާދޫއަކީ ކޮންމެދުވަހަކުވެސް ގިނަ ޢަދަދަކަށް މީހުން ލަފާ، ފުރާ ރަށެއްގެ އިތުރުން ގިނަ ޢަދަދެއްގެ ފަތުރުވެރިންވެސް އުޅޭ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ