މ. އަތޮޅު މުލަކު ގެއެއްގެ ބިމުގެ އަޑިން ދުންއެރީ އާތު މައްސަލައަކުން: ކައުންސިލު

މ. އަތޮޅު މުލަކު ގެއެއްގެ ބިމުގެ އަޑިން ދުންއެރީ އާތު މައްސަލައަކުން ކަމަށް މުލަކު ކައުންސިލުން ހާމަކޮށްފިއެވެ.
މުލަކު ކައުންސިލުން ބުނީ އެރަށު ސޯސަންގޭ މައި ދޮރާށި ކައިރިން ބިންގަނޑު ހޫނުގެ އިހްސާސް ކުރެވޭތާ ދެ ތިން ދުވަސް ވެއްޖެ ކަމަށާއި، އެތަން ހޫނުވާ ސަބަބު ހޯދުމަށް ކޮނެގެން ބެލިއިތު އެއީ އާތު މައްސަލައެއްކަން އެނގިފައިވާ ކަމަށެވެ.
މުލަކު ސޯސަންގޭ ދޮރާށު ކައިރިން ހޫނުވާ ކަމުގެ މައުލޫމާތު ފުލުހުންނަށް އިއްޔެ މެންދުރު ފަހު ލިބުމާއެކު ފުލުހުން ވަނީ އެތަނުގައި ހަރަކާތްތެރިވާން ފަށާފައިވާ އިރު، އެގޭގެ ބިންގަނޑު ކޮނެގެން ބެލިއިރު، ވެލިގަނޑު ވެސް ހޫނު ކަމަށާއި އަޑީގައި ހުރި ފެން ވެސް ހޫނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މުލަކު ކައުންސިލުން ބުނީ އެ ތަން ކޮނުނު ވަރަކަށް ހޫނު ގަދަވަމުން ދިޔަ ކަމަށާއި ގާތައްވެސް އަނދާ ފައި ހުރިކަމަށެވެ. އަދި ކޮނެގެން ބެލިއިރު އެ މައްސަލަ ދިމާވަނީ އެތަނުގައި އޮތް އާތު ރޮޑެއްގެ ސަބަބުން ކަމަށާއި އެ ރޮޑުގެ ދިގުމިނުގައި، 4 ވަރަކަށް ފޫޓް  އަދި ފުޅޫ މިނުގައި ދޮޅު އިންޗި ވަރު ހުންނާނެ ކަމަށެވެ.
އެ އާތު ރޮޑަކީ އެގޭ މީހުން ބޭނުންކުރާ އާތު ރޮޑު ނޫން ކަމަށާއި އެއީ ވަރަށް ކުރީގެ އެއްޗެއްކަމަށް އެގޭ މީހުން ބުނެފައިވާ ކަމަށާއި އެ ރޮޑަށް ގުޅާފައި ހުރި ބްރޭކަރު މަސައްކަތް ނުކުރާ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ފުލުހުންނާއި އެމްއެންޑީފުގެ އިތުރުން ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އަންނަނީ މި ހާދިސާ ހިނގަން މެދުވެރި ސަބަބުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ