މެލޭޝިޔާގެ ރައްޔިތުން ބޭނުންވީ ތަރައްގީ- ޚަލީލް

މެލޭޝިއާގައި އިއްޔަ ކުރިއަށްދިޔަ އާންމު އިންތިޚާބުގައި އެގައުމުގެ ރައްޔިތުން އާނ ބަސް ބުނީ އެ ގައުމަށް ތަރައްގީ ގެނެސްދެއްވި ލީޑަރަށް ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ޚަލީލް މިހެން ވިދާޅުވީ، މެލޭޝިޔާގެ އާންމު އިންތިހާބުގައި، އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދުގެ ކޯލިޝަނުން ކާމިޔާބު ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
"ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދުގެ ކޯލިޝަނުން ކާމިޔާބު ކުރުމުން އަންގައި ދެނީ ތަރައްގީ ގެނެސްދިން ލީޑަރަށް ރައްޔިތުން އާނއެކޭ ބުނާނެކަން" ޚަލީކް ވިދާޅުވިއެވެ.
ޚަލީލް އިތުރަށް ވިދާޅުވީ މެލޭޝިއާގެ ތާރީޚު ބަދަލުކުރި ވެރިއަކީ މަހާތީރު ކަމަށާއި، އަދި މަހާތީރު އަލުން އިންތިޚާބު ކާމިޔާބު ކުރުމުން ބުނެދެނީ ތަރައްގީ ގެނެސްދިން ލީޑަރަށް ރައްޔިތުން ކޮންމެ ވަގުތެއްގައި ވެސް އާނއެކޭ ބުނާނެކަން ކަމަށެވެ.
އަދި ރާއްޖޭގެ މަލަމަތި ބަދަލުކުރި ތަރައްގީ ގެނެސްދެއްވީ ރައީސް ޔާމީން ކަމަށްވެސް ޑރ. ޚަލީލް ވިދާޅުވިއެވެ.
އިއްޔެ މެލޭޝިއާގައި ކުރިއަށްގެން ދިޔަ އާންމު އިންތިޚާބު އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ ޕަކަޓާން ހަރަޕަން އިން 122 ގޮނޑި ކާމިޔާބުކޮށްފައި ވާއިރު، މިހާރުގެ ބޮޑުވަޒީރު ނަޖީން ރައްޒާގުގެ ޕާޓީ އަށް ލިބިފައިވަނީ 79 ގޮނޑިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ