އައިޔޫއެމްގެ ފުރަތަމަ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނަކަށް މައުމޫން

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ފުރަތަމަ އިންޓަނޭޝަނަލް ކޮންފަރެންސްގައި ތަޤްރީރު ކުރައްވައި، އެކޮންފަރެންސް ޝަރަފްވެރިކޮށްދެއްވުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމަށް ދައުމަތު އަރުވައިފިއެވެ.
މިއަހަރުގެ ނޮވެމްބަރުމަހު ބޭއްވުމަށް ނިންމާފައިވާ މި ކޮންފަރެންސް ހުޅުވައި ދެއްވުމަށާއި ތަގުރީރު ކުރެއްވުމަށް ރައީސް މައުމޫނަށް ދައުވަތު އަރުވާފައިވަނީ ރައީސް މައުމޫނުގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެެއްގައެވެ. އެމަނިކުފާނަށް މި ދައުވަތު އެރުއްވީ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ރައީސް މައުމޫންގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ އިސްލާމިކް ޔުނިވަރސިޓީ އަންނަނީ ކުޑަދުވަސްކޮޅެއްގެ ތެރޭ ބޮޑެތި ކާމިޔާބީތައް ހޯދަމުން ކަމަށެވެ.
އިސްލާމިކް ޔުނިވަރސިޓީގައި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކޮށްފައިވާ ޕޯސްޓް ގްރެޖުއޭޓް ޕީއެޗްޑީ ކޯސްތަކެއްވެސް މިއަހަރު ފަށަން ނިންމާފައިވާއިރު އަންނަ އަހަރުވެސް އެ ޔުނިވަރސިޓީގައި އާ ކޯސްތަކެއް ފައްޓަވާނެކަމަށް ޑރ ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ