ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީގެ ކޮމެޓީތަކުގެ މަސައްކަތް ހުއްޓަވާލައްވާފައި އޮތް އޮތުމާއި ދެކޮޅަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
އެގޮތުން ޕީޖީ ގްރޫޕުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ މައުމޫންގެ ނިންމެވުން ބާތިލުކަމަށް ކަނޑައަޅައިދިނުމަށެވެ.
ޕީޖީ ގްރޫޕުން ކޯޓުގައި މިގޮތަށް އެދިފައިމިވަނީ، ޕީޕީއެމްގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ ރައީސް މައުމޫން އެ ޕާޓީގެ ހުރިހާ ގުނަވަނެއްގެ ހިންގުން ހުއްޓާލައި އިސްލާހީ ޕްރޮގްރާމެއް އިއުލާން ކުރައްވާފައި ވަނިކޮށެވެ.
މިއަދު ސިވިލްކޯޓްގައި ޕީޖީ ގްރޫޕުން އެދުނު އެދުމާއި ގުޅިގެން އެ ޕާޓީއަށް ނިސްބަތްވާ މަޖްލީސް މެމްބަރަކު ވިދާޅުވީ، ވަކި ބޭފުޅަކު ބޭނުންވުމުން އެއްވެސް ސިޔާސީ ޕާޓީއެއް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށާއި ޕާޓީ ތެރޭގައި މިހާރު އުފެދިފައިވާ މައްސަލައަށް ފަސޭހަ ހައްލެއް ލިބޭނެކަމާމެދު ސުވާލު އުފެދޭކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ވެރިކަންކުރާ ޕާޓީ ހުއްޓިފައި އޮތުމަކީ އޭގެ ސަބަބުން ސަރުކާރަށާއި ޤައުމަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
ޕާލެމެންޓްރީ ގްރޫޕުން ސިވިލްކޯޓަށް މި މައްސަލަ ހުށަހަޅާފައި މިވަނީ، ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިދިނުމަށް އެދި ގިނަ އަދަދެއްގެ މެމްބަރުންތަކެއް އެމަނިކުފާނަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.
މެމްބަރުން ވަނީ ބައްދަލުވުމެއް ނުބާއްވައިފި ނަމަ، މައްސަލަ އަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތްވެސް ފެށުމަށް މަޝްވަރާކޮށްފައެވެ.
މައުމޫން ޕީޕީއެމް ހުއްޓަވާލައްވާފައި އޮތް އޮތުމާއި ދެކޮޅަށް ޕީޖީ ގްރޫޕުން ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ