ލޮލަށް ނުފެންނަ މީހުން، އަމިއްލައަށް ވޯޓުލާ ނަމަ ރަޖިސްޓްރީވާން ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.އިލެކްޝަންސް ކޮމިޝަނުން ވަނީ، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ނަމަ އަންނަ ފެބްރުވަރީ މަހުގެ 23ވަނަ ދުވަހުގެރޭ 10 ޖެހުމުގެ ކުރިން 1414 އަށް ގުޅައި ދަފުތަރުވުމަށް އެދިފައެވެ.އެ ކޮމިޝަނުން ބުނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9އިން ރޭގަނޑު 10އަށް، އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3އިން ރޭގަނޑު 10 ޖަހަންދެން 1414 އަށް ގުޅުމުން، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތަށް އެދި ރަޖިސްޓްރީވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.ފެނުމުން މަހުރޫމުވެފައިވާ ފަރާތްތައް އަމިއްލައަށް ވޯޓު ކަރުދާހުގައި ޓެމްޕްލޭޓު ބޭނުންކޮށްގެން ފާހަގަ ޖެހުމުގެ ފުރުސަތު ދިނުމަށް ޓަކައި އެކަމަށް ޚާއްސަ ޓެމްޕްލޭޓެއް ތައްޔާރުކޮށް މަޖިލީހަށް އިސްލާހެއް ހުށަހެޅީ މެއި 29، 2023ގައެވެ.ކައުންސިލު އިންތިހާބުގައި  ވޯޓު ދިނުމުގެ ހައްގު 294,937 މީހަކަށް ލިބިގެންވެ އެވެ. އެ ލިސްޓާ ގުޅިގެން ޝަކުވާއެއް އޮތް ނަމަ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އީސީގެ ޕޯޓަލް،  (my.elections.gov.mv)  މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ