ވޯޓާސް ލިސްޓަށް މިހާތަނަށް 315 ޝަކުވާ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓާ ގުޅިގެން މިހާތަަނަށް 315 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އީސީން ވަނީ ރަޖިސްޓްރީއަށް މީހަކު އިތުރުކުރާ ނަމަ ނުވަތަ ރަޖިސްޓްރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓްރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާ ނަމަ، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން އެދިފަ އެެވެ.ސިޔާސީ ޕާޓީތަކުން ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީތަކަށް ދީފައިވާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.ވޯޓާސް ލިސްޓުގައިވާ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި 1414 އަށް އެސްއެމްއެސް ކޮށްގެން ވެސް ބެލޭނެ އެވެ.އަންނަ ލޯކަލް ކައުންސިލު އިންތިހާބު އޮންނާނީ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ