ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލުމަށް ރެޖިސްޓާކުރަން ހުޅުވާލައިފި

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލުމަށް ރެޖިސްޓާކުރަން ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
ތަފްސީލް - އެ ކޮމިޝަނުން ބުނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑު 10 ގެ ކުރިން ރެޖިސްޓްރީވާންޖެހޭނެ ކަމަށެވެ.
ރެޖިސްޓްރީ ކުރުމަށް ގުޅަން ޖެހެނީ އިލެކްޝަންސްގެ ނަންބަރު 1414 އަށް 
 ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 10 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3 އިން ރޭގަނޑު 10 އާއި ހަމައަށް ރެޖިސްޓްރީ ކުރުުމުން ކުރިއަށްދާނެ
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އަމިއްލައަށް ވޯޓުކަރުދާހުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން ފާހަގަ ޖެހުމުގެ ފުރުސަތު ދިނުމަށް، އެކަމަށް ހާއްސަ ޓެމްޕްލޭޓެއް ތައްޔާރުކުރީ 2023 ވަނަ އަހަރު އެވެ.
މި ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު އެންމެ ފުރަތަމަ ދޭން ފެށީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދުނު މީހުންނަށް ކަމާގުޅޭ ތަމްރީނު ދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ