އެންމެން އެއް ވިސްނުމެއްގައި އިސްލާހަށް ނުކުންނަން ޖެހޭ: ފާރިސް މައުމޫން

އެންމެން އެއް ވިސްނުމެއްގައި ކަންތައްތައް އިސްލާހުކުރަން ނުކުންނަންވީ ވަގުތު ކައިރިވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ފާރިސް ވިދާޅުވިގޮތުގައި އިސްލާހީ ބަދަލުތައް ގެނައުމަށް ވަރަށް ގިނަ މަޝްވަރާތައް ކުރަމުން އެބަދެއެވެ. އެގޮތުން ގާނޫނީ ގޮތުން ލަފާ ހޯދުމާ ޑްރާފްޓް ކުރަންޖެހޭ ބައެއް އެއްޗިހި ޑްރާފްޓް ކުރުން ވެސް ހިމެނޭ ކަމަށް ފާރިސް މައުމޫން ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވިގޮތުގައި ރައީސް މައުމޫން ލީޑާޝިޕްގެ ދަށުން އެ ޕާޓީ މަސައްކަތް ކުރާނީ ގާނޫނުގެ ތެރެއިން ކަމަށާއި ނަމަވެސް އެ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ ކަންތައްތަކެއް ދަނީ ކުރިމަތިވަމުން ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސް އިތުރަށް ވިދާޅުވިގޮތުގައި މައުމޫންގެ ފަހަތުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ސިޔާސީ ގޮތުން ދައްކާ ވާހަކައަކުން އެބޭފުޅުންނަށް ދަތިތަކާ ދިމާވާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ