ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ހިންގާ ކޮމެޓިގެ ދައުރު ހަމަވުމުގެ ކުރިން މިރޭ ބެއްވި އެކުލަބުގެ އަވަސް އިންތިހާބުގައި ކުލަބުގެ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަދި ބައިބަލާ އެސޯސިއޭޝަނުގެ ރައީސް އަހުމަދު އަސްހަދު އިންތިހާބުކޮށްފި އެވެ.
ގަލޮޅު މަދަރުސާގއި މިރޭ ބޭއްވި ވިކްޓަރީގެ އާ އިންތިހާބުގައި ޗެއާޕާސަންގެ މަގާމުގެ އިތުރުން، ދެ ހޮވި މަގާމްތަކަކީ ދެ ނައިބު ރައީސުން ނާއި އާންމު 10 މެންބަރުންނެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން ކުރިން ވިކްޓަރީގެ ރައީސްގެ މަގާމުގައި ހުރި ކުޅިވަރާ ބެހޭ މިނިސްޓަރުގެ ނައިބް އަބްދުލްމުހުސިން ހަމީދު (ޖޭފޯ)ވިދާޅުވީ މިރޭ ބޭއްވި އިންތިހާބުގައި ޗެއާމަންގެ މަގާމަށް ކުރިމަތި ލެއްވީ އައްސަދު އެކަނި ކަމަށާއި އެހެން ކަމުން ނެގީ ފެންނަ ނުފެންނަ ވޯޓެއް ކަމަށެވެ. އަދި މިރޭ އިންތިހާބު ކުރި ހިންގާ ކޮމެޓީގެ މެންބަރުންވެސް އިންތިހާބު ކޮށްފައި ވަނީ ދެ އަހަރު ދުވަހަށް ކަމަށް ވެސް ޖޭފޯ ވިދާޅުވިއެވެ.
މިރޭ އޮތް ވިކްޓަރީގެ އިންތިހާބުގައި އެކުލަބުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކުރި ދެ ބޭފުޅުން ނަކީ އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އާއި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު) އެވެ.
އަދި ހިންގާ ކޮމެޓީގައި ދެން ތިއްބަވާ 10 މެންބަރުން ނަކީ
1- ޑރ. އަހުމަދު ނާޝިދު (ކުރީގެ ރައީސް ނަޝީދުގެ ބޭބެ)
2- އައިމިނަތު ސޫޒަން
3- މުހައްމަދު އަޝްމަލީ (ދިރާގުގެ ޗެއާމަން )
4- ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް
5- އަހުމަދު ނާސިފް
6- އިބްރާހިމް ޝިނާޒް
7- އަހުމަދު އަޔާޒް ( ވިކްޓަވިކްޓަރީގެ ކުރީގެ މެނޭޖަރު)
8- އަހުމަދު ރިޔާޒް (ވިކްޓަރީގެ ކުރީގެ ގޯލްކީޕަރު ޓްރޭނަރު)
9- މުހައްމަދު އަނީސް
10- އިބްރާހިމް ނަޒީމް
ވިކްޓަރީގެ ބޯޑް އެންމެ ފަހުން އިންތިހާބުކުރީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީ ކޮޅެވެ. މިދިޔަ އަހަރުގެ ފުޓްބޯޯޅަ ސީޒަން ވިކްޓަރީން ނިންމާލީ ދިވެހި ލީގެ ފަސް ވަނައި ގައެވެ.
ވިކްޓަރީގެ ޗެއާމަނަކަށް މެމްބަރު އައްސަދު އިންތިހާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ