މޫސުން ގޯސްވުމުން އެމްޑީޕީގެ މެނިފެސްޓޯ ޕެރޭޑާއި ޖަލްސާ ފަސްކޮށްފި

އެމްޑީޕީން މިރޭ ބާއްވަން މަސައްކަތް ކުރި އެޕާޓީގެ މެނިފެސްޓޯ ޕެރޭޑާއި މެނިފެސްޓޯ އިފްތިތާހު ކުރުމުގެ ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ.
އެމްޑީޕީން ބުނީ މިރޭ އެޕާޓީން ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޕެރޭޑާއި މެނިފެސްޓޯ ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރެވިފައިވާ ކަމަށާއި އެ ދެ ހަރަކާތް ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ކުރިން އެޕާޓީން ހަމަޖައްސާފައި އޮތީ ސޯޝަލް ސެންޓަރު ކުރިމަތިން ފެށިގެން ޕެރޭޑްގެ ހަރަކާތްތައް ހެންވޭރު ރާޅުގަނޑު ސަރަހައްދާހަމައަށް ކުރިއަށް ގެންދިޔުމަށެވެ.
އަދި ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު މެނިފެސްޓޯ އިފްތިތާހު ކޮށްދެއްވާގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ