އަބްދުﷲ ރަސްގެފާނު ފަސްދާނުލައިފި

ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒުގެ ހަށިކޮޅު އެ ގައުމުގެ ވެރިރަށް ރިޔާޟްގައި މިއަދު ފަސްދާނު ލައިފި އެވެ.
އަބްދުﷲ ރަސްގެފާނުގެ ހަށިކޮޅު ފަސްދާނުލާފައިވަނީ ވަރަށް އާދައިގެ ރަސްމިއްޔާތެއްގައެވެ. އަބްދުﷲ ރަސްގެފާނުގެ ހަށިކޮޅު ފަސްދާނުލާފައި ވަނީ ރިޔާޟްގައި ހުންނަ ސަހަރާއެއް ކަމަށްވާ އަލްއޫދުގައި މިއަދުގެ އަސުރު ނަމާދަށް ފަހުގަ އެވެ. ނަމަވެސް މަހާނަކޮޅު ފާހަގަކުރުމަށް ވަކި ފާހަގައެއް ޖަހާފައެއް ނުވެއެވެ.
އަބްދުﷲ ރަސްގެފާނުގެ ހަށިކޮޅު ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނާއި ސައުދީގެ ރަސްކަމަށް މިހާރު އިސްކުރައްވާފައިވާ އަބްދުﷲ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު ވަލީއުލްޢަހްދު ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.ސައުދީ ރަސްގެފާނު އަބްދުﷲ މައްޗަށް ކުރި ކަށުނަމާދުގެ ތެރެއިން ---
މީގެއިތުރުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި ސޫދާންގެ ރައީސް އުމަރު ހަސަން އަލް ބަޝީރާއި މިސްރުގެ އިބްރާހިމް މަހްލަބް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގަލްފުގެ އެކި ގައުމުތަކުގެ ވެރިން ވެސް އެ ޖަނާޒާގައި ބައިވެެރިވެވަޑައިގެންނެވި އެވެ.ސައުދީ ރަސްގެފާނު އަބްދުﷲ ގެ ހަށިކޮޅު ފަސްދާނު ލުމަށް ފަހު އެންމެ ފަހުގެ އިހުތިރާމް އަދަކުރަނީ --
ސައުދީގެ ރަސްގެފާނު އަވަހާރަވީ ނިއުމޯނިޔާގެ އާލާސްކަންފުޅަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިޔާޟްގައި ހުންނަ ކިންގް އަބްދުލްޢަޒީޒް މެޑިކަލްސިޓީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަވަމުން ގެންދަވަނިކޮށް ރޭ މެންދަމު އެކެއްޖަހާ ކަންހާއިރެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ.
އަބްދުﷲ ރަސްގެފާނު އެ ގައުމުގެ ރަސްކަމުގެ މަގާމަށް އިސްވެވަޑައިގެންފައި ވަނީ 2005 ވަނަ އަހަރު އެވެ. އޭގެކުރިން ސައޫދީ އަރަބިޔާގެ ވަލީއުލްއަހްދު ކަމުގެ މަގާމުގައި އަބްދުﷲ ދިގުމުއްދަތެއް ހޭދަކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ