ރައީސްގެ ޕްރެސް ކޮންފަރެންސް މިއަދު ހަވީރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބޭއްވެވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ ރައީސް ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ނިންމާފައިވަނީ ހަވީރު 04:00 ގައި ކަމަށެވެ.
ރައީސް ސޯލިހް އެންމެފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާފައި ވަނީ ޖޫން 29 ވަނަ ދުވަހުއެވެ.
މިއީ ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު މަސައްކަތްކުރެވެން ނެތްކަން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރެއްވި ފަހުން ރައީސް ޕްރެސްއާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ